ރ. ދުވާފަރު ބިން ހިއްކުމުމުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ )އިން ބުނީ މިމަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެކަމަށެވެ. މިމަސައްކަތުގެ ދަށުން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އަދި އެރަށުގެ ގޮންޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެނެވިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މިމަޝްރޫއުއަކީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އެބަ ގެންދެެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ގެންގޮސްފައިވަނީ ގައި އެތުރުމުގެ މަސައްކަތެވެ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫގެ ދަށުން މިއަހަރުގެ ޖެނުއަރީ 27ގައި އެރަށުގެ މަގުތަކުގެ ތާރު އެޅުން ވަނީ ނިންމާލާފަ އެވެ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، ފެންހިންދާ ނިޒާމެއްވެސް ޤާއިމުކުރެވިގެން ދާނެ އެވެ.