ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީކުވި އޯޑިއޯތަކާ ގުޅިގެން ޖޭއެސްސީން ފަނޑިޔާރުންނަށް ބިރުދައްކާ ކަމަށް ތުހުމަތުކޮށްފި

ޕީޕީއެމް، ޕީއެންސީ އޮފީހުގައި މިއަދުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އާންމުވެފައިވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަކުގެ މައްސަލައިގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި ޖޭއެސްސީން ފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާ ބިރު ދައްކާ ރަހީނުކޮށްގެން ކޮށްފައިވާ ޙުކުމެއް ކަމަށް ފަނޑިޔާރުން އެއްބަސްވާ އޯޑިއޯ އާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަން ކުރަމުން ގެންދާ ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.

އަދި އެ އޯޑިއޯ ތަކަކީ އެއްވެސް އަސްލެއް ނެތް އޯޑިއޯ ތަކެއް ކަމަށް ދެއްކުމަށްޓަކައި އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކާ ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

”ލީކުވެފައިވާ އޯޑިއޯ ތަކުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރި ބެންޗުގައި ހިމެނޭ ފަނޑިޔާރުން ކޮމްޕްރޮމައިޒްވެ އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަންކަން ހިނގާފައިވާ ކަން ވަނީ ފާހަގަވެފައެވެ. ހަމައެއާއެކު އެމަނިކުފާނާއި ދެކޮޅަށް ހެކި ބަސް ދީފައިވާ ބޭފުޅަކުވެސް، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ދީފައިވަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ“ އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލަ ބަލަނީ ކަމަށް ބުނެ، އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކާ ރަހީނުކޮށް، ސިޔާސީ ނުފޫޒު ފޯރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ހިންގަމުން ގެންދާ ހަޑިމުޑުދާރު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލާ، އެ ފަނޑިޔާރުންގެ މައްސަލަ ތަޙުޤީޤު ކުރާނަމަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި އެ ތަޙްޤީޤު ހިންގުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އެ ޙުކުމް ކޮށްފައިވާ ފަނޑިޔާރުން އެމަނިކުފާނަށް ޙުކުމްކޮށްފައިވަނީ، އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ގެއްލިގެން ތިބެކަމަށް އަމިއްލަ އިޢުތިރާފުން އެއްބަސްވެފައިވާތީ، ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް މުރާޖަޢާކޮށް، މިހާރުން މިހާރަށް ބާޠިލުކޮށް އެމަނިކުފާނު މިނިވަން ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: