ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްވޭވްގެ ހަފްތާ ބަންދު ސޭލަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ރެޑްވޭވުން ކުރިއަށް ގެންދާ ”ހަފްތާ ބަންދު“ ސޭލަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ރެޑްވޭވުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު 04:00ން ރޭގަނޑު 11:00 އަށް އަދި ހުކުރު ދުވަހުގެ ހެނދުނު 08:00ން މެންދުރު 11:00އަށް ރެޑްވޭވުން ބައްލަވައިގަންނަވާ ކާބޯތަކެތީގެ ގިނަ ބާވަތްތަކުން ޑިސްކައުންޓް ލިބިގެންދާ މި ސޭލަށް ތަރުހީބު ބޮޑުވެ، ރެޑްވޭވުން ވަނީ ޑިސްކައުންޓް ލިބިގެންދާ ބާވަތްތައް އިތުރުކޮށްފައެވެ. އެގޮތުން އިތުރު ތަރުކާރީ،މޭވާ އަދި ފްރޯޒެން ފުޑްސްގެ ބާވަތްތަކާއި ރެޑްވޭވްގެ ބްރޭންޑްތަކުގެ ގިނަ ސާމާނުތައްވެސް މި ޕްރޮމޯޝަންގެ ތެރެއަށް އިތުރުކުރެވިފައިވާނެކަމަށް ރެޑްވޭވުން ބުންޏެވެ.

ރެޑްވޭވްގެ ބްރޭންޑްތަކުގެ ތެރެއިން މެޒްބަން ފަރާޓާ، ވޭވްސްޓަރ ބާސްމަތީ، ބެސްލަރ ޕާސްތާ، ނަޑެކް އަދި ޒޮޓިސް ޗީޒްގެ ބާވަތްތަކުން ފަސް ޕަސެންޓާ 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާއިރު ފާހަގަކޮށްލެވެނީ މި ޕްރޮމޯޝަންގެ ބާކީ ދެން އޮތީ ދެ ހަފްތާކަމެވެ.

އެގޮތުން މިއަދުވެސް ހަވީރު 04:00ން ފެށިގެން މިޕްރޮމޯޝަން ކުރިއަށްދާނެއެވެ. ކަސްޓަމަރުންނާ އެންމެ ގާތުން އިތުބާރާއެކު ވިޔަފާރިކުރުމަށް ރެޑްވޭވުން އަބަދުވެސް މަސައްކަތްކުރަމުންދާއިރު، މިފަދަ ޕްރޮމޯޝަންތަކުންވެސް ކަސްޓަމަރުންނަށް މަންފާ ލިބިގެންދާނެކަން ޔަގީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: