ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް 200 ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.
ފްރޮންޓްލައިން ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ސަޕްލައި ކޮށްދޭން، ބީލަން ހުށަހެޅުމުގެ ފުރުސަތު ފުލުހުންގެ އިދާރާއިން އެންމެ ފުރަތަމަ ހުޅުވާލީ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ. އެފަހަރު އިއުލާންކުރީ 1،400 ކެމެރާ ހޯދުމަށެވެ. ނަމަވެސް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި އެކަމަށް ޝަރުތު ހަމަވާ ބަޔަކު ނެތުމުން ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލު ގެނައުމަށްފަހު މިފަހަރު ހުޅުވާލީ 200 ކެމެރާ ހޯދުމަށެވެ.
ފުލުުހުންގެ ބޭނުމަށް 200 ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިފަދަ ކެމެރާ ބޭނުންކުރުމުގެ ޓްރައަލްތަކެއް ނުވަތަ އަޖުމަ ބެލުމުގެ މަސައްކަތްތަކެއް މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ވަނީ ކޮށްފައެވެ.

