ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 10 މީހުން ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް، ފޮރެންސިކް އަދި ޑީއީޑީ ގުޅިގެން ފާއިތުވި 24 ގަޑިއިރު ހިންގާފައިވާ އޮޕަރޭޝަންގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށާއި 10 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

މި މީހުންގެ އަތުން 100 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 31%ވަރަށް ގަޔާވޭ 23%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 31%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: