ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫޓީއެފްކަމަށް ބުނެ ދެއްކީ ޕްރެޒެންޓޭޝަނެއް، ދިރާސާ ކުރުމުގެ ފުރުސަތެއް ނުދޭ: އިދިކޮޅު

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭއްވި ކޮމިޓީގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަަޅުގައި އަސްކަރީ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖޭން އިންޑިއާ އެކު ސޮއިކުރި އެއްބަސްވުންކަމަށް ބުނެ ދައްކާފައިވަނީ ޕްރެޒެންޓޭޝަނެއްކަމަށާއި، އެއްބަސްވުމުގައި ވާކަންކަން ދިރާސާ ކުރުމުގެ ފުރުސަތެއް ނުދޭކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

އުތުރުތިލަފަަޅުގައި އަސްކަރީ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސޮއިކުރި އެއްބަސްވުމުގެ ކޮޕީއެއް ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިއްޔެ ވަނީ ދައްކާފަ އެވެ. މި އެއްބަސްވުން 241 ކޮމިޓީއަށް ދެއްކީ އޭގެ މައުލޫމާތު ދޭން، މަޖިލީހުން އެދިފައި ވާތީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި އެކު ބޭއްވި ބައްދަލުވުމެއްގައި ޕްރެޒެންޓޭޝަނެއް މެދުވެރިކޮށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މައްސަލައިގައި އިދިކޮޅުން ބުނެފައިވަނީ، 241 ކޮމިޓީއަށް އެއްބަސްވުން ހުށަހަޅައި އެ ދިރާސާ ކުރަން އެދުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރުމަށް ނުދިނުމަކީ އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް އިދިކޮޅުން ބުނެފައިވަނީ، އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދެއްކުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުސަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމަށެވެ.

“އެ އެގްރީމަންޓް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ އުތުރުތިލަފަޅުގެ އެގްރީމަންޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާ ކަމެކެވެ.” އިދިކޮޅު

ޕްރެޒެންޓޭޝަނުގައި ހިމަނާފައިވާ ނުކުތާތަކަށް އިޝާރާތްކޮށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެކަން ހާމަވާ ކަމަށެވެ.

މި އެއްބަސްވުމުން ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިން ތިބުމަށް މަގުފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުމެއް ނެތި އެފަދަ ނިންމުމެއް ނިންމުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާއި ހިލާފުވުންކަމަށް ބަޔާނުގައި ވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަމަށް ބުންޏެވެ.

މީގެ އިތުރުން ޕީޕީއެމް، ޕީއެންސީން ބުނެފައިވަނީ ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަހު އުތުރުތިލަފަޅު ހިންގާނީ އިންޑިއާގެ ހައިކޮމިޝަނާގެ އިތުރުން އިންޑިއާގެ އިތުރު މީހުން ހިމެނޭ ކޮމިޓީއަކުން ކަމަށެވެ. އޭގެ ސަބަބުން، ރާއްޖޭގެ ދިފާއީ ބާރުގެ ފުރިހަމަ ބާރު އުތުރުތިލަފަޅަށް ނުހިނގާނެކަމަށާއި އުތުރުތިލަފަޅަކީ އަސްކަރީ މަރުކަޒަކަށްވާއިރު، އެތަން ހިންގުމުގައި އިންޑިއާގެ ދައުރެއް ބޭއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

“މިއެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅަމުން، އިބުރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅާބެހޭ އެގްރީމަންޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެގްރީމަންޓެއްކަމަށް ދެއްކުމަށް އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. މިކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާކަމެވެ. ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަކީ އިއާދަ ނުކުރެވޭފަދަ ގެއްލުން ޤައުމަށް ލިބިދާނެ ކަމެކެވެ.” އިދިކޮޅު

ދިވެހި އަސްކަރިއްޔާއަށް ވަސީލަތްތައް ހޯދުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް އިދިކޮޅުން ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހި އަސްކަރިއްޔާ ބާރުވެރިކުރުވައި ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް، އިންޑިޔާއާއެކު ހަދާފައިވާ އެކްޝަން ޕްލޭންގައި، އުތުރުތިލަފަޅު ތަރައްގީކޮށް އެތަން އޮޕަރޭޝަނަށް ގެނައުމުގައި އަދި އޭގެ ފަހުންވެސް، އެއްވެސް ގޮތެއްގައި، އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިން އުތުރުތިލަފަޅުގައި ތިބުމަށް އެއްބަސްވެފައެއް ނުވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެފަދަ އެއްބަސްވުމެއްގައި ބޭރުގެ އެއްވެސް ގައުމަކާއެކު ރައީސް ޔާމީންގެ ސަރުކާރުން ސޮއި ނުކުރެއްވީ ގައުމުގެ ސިޔާދަތަށް ނުރައްކާވާތީކަމަށާއި އުތުރުތިލަފަޅު ތަރައްގޫ ކުރެއްވުމަށް ރައީސް ޔާމީން ނިންމަވާފައިވަނީ ދިވެހި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންކަމަށް އިދިކޮޅުގެ ބަޔާނުގަގައި ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: