ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. ލަންދޫ ބަނދަރުގެ 72 އިންސަައްތަ މަސައްކަތް ނިމުމަކަށް

ނ. ލަންދޫ ބަނދަރު ހެދުުގެ މަސައްކަތު ސައިޓު/ ފޮޓޯ:- އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

ނ. ލަންދޫ ބަނދަރު ސަރަަހައްދުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމެންޓް ވަނީ 25 އޮކްޓޯބަރު 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެނެސްފައެވެ.

މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ ސަރަހައްދެއްގައި އެއްގަު ތޮށިލުމާއި، 1690 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ އިތުރުން މޫރިންގް ރިންގ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް އެކުލެވިގެންވެއެވެ. އަދި ހަމައެއާއި އެކު ރޭމްޕް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދެވެ މި މަޝްރޫއަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: