ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބާރ2000 ފަރަމަންތާ ޗެލެންޖް 2021” މެޑަމް ފަޒުނާ ފައްޓަވާދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، “ބާރ2000 ފަރަމަންތާ ޗެލެންޖް 2021” ޙަރަކާތް ފަށްޓަވައިދެެއްވައިފިއެވެ.

މި ޙަރަކާތް ކުރިއަށްދިޔައީ މިއަދު ހެނދުނު ރަސްފަންނު ބީޗުގައެވެ.

މި ޙަރަކާތް ފަށްޓަވައިދެއްވުމަަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ޙާޞިލުކުރެއްވި ޓީމުތަކާއި ފެތުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވާފައެވެ.

ބާރ2000 ފަރަމަންތާ ޗެލެންޖް 2021 އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސަރފިންގ އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް އެކުއަޓިކް މަލްޓި-ސްޕޯޓް ޗެލެންޖެކެވެ. މި ޙަރަކާތަކީ އެޗް.އެސް.ސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ޕްރިމިއަރ ކޮފީ ބޮރޭންޑް ބާރ2000 އިލެގީ އިން ޚަރަދުކޮށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.

މި ޚަރަކާތުގައި އަންހެން އަދި ފިރިހެން ބައިވެރިން އެކި ކެޓެގަރީތަކުން ބައިވެރިވެއެވެ. މި ޙަރަކާތުގެ ތެރެއިން އޯޕަން ވޯޓަރ ސްވިމިންގ ފަށާފައިވަނީ ރަސްފަންނު ފަރުންނެވެ. އަދި ސަރފިންގ އަދި ބޮޑީ ބޯޑިންގ ފަށާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: