ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސް ދެއަކަށް ވަޑައިގަތުމުން “ބާޢީ” އަށް ގޮވުން: ފަޒްނާ ވިދާޅުވީ ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާކަމަށް!

ކެމްޕެއިންގައި ދޮރުން ދޮރަށް ހިންގެވުމަށްރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަބަލުން ފަޒްނާ އަހުމަދު ފޭސް 2 އަކަށް ވަޑައިގަތުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް “ބާޢީ ފަޒްނާ” އަށް ގޮވުމުން ވީ ފައިދާކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ދޮރުން ދޮރަށް ހިނގުމަށް ފޭސް ދެއަކަށް ވަޑައިގަތުމުން ފަޒްނާއަށް ހުޅުމާލެ ފޭސް ދޭއް ސަރަހައްދުން އަމާޒުވީ އާންމުންގެ ނުރުހުމެވެ. ބައެއް ފަރާތްތަކުން “ބާޢީ ފަޒްނާ” އަށްވެސް ގޮވަމުން ދިޔައެވެ.

މިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވީ އެކަމަނާ މަގުމައްޗަށް ނިކުތީ އަލަށް ނޫންކަމަށާއި، އާންމުން ނިކުމެ އެކަމަނާއަށް ފުރައްސާރަ ނުކުރައްވާނެކަމަށެވެ. ފަޒްނާ ހިއްސާކުރެއްވި ގޮތުގައި އެކަމަނާ ވަނީ “ބާޢީ ފަޒްނާ” އަށް ގޮވި މީހުންނަށް ރައްދުވެސް ދެއްވާފައެވެ. އެގޮތުން އޭނާއަށް ކެތްކުރެވޭނަމަ، އެމީހުންނަށްވެސް ކެތްވާންވާނެކަމަށް ވިދާޅުވިންކަމަށް ފަޒްނާގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ފަޒްނާ ވިދާޅުވީ އެމީހުން ފުރައްސާރަކުރަމުން ނުހިނގިނަމަ ބަޔަކަށް އެކަމަނާ އެ ސަރަހައްދަށް ވަޑައިގެންކަންވެސް ނޭގޭނެއެވެ. އަދި އެކަމުގެ ސަބަބުން މީހުން އައިސް ސަލާންކޮށް، ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓުތަކަށް ދިއުމުގެ ދައުވަތުވެސް ލިބުނުކަމަށް ފަޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒްނާ ވަނީ ޑރ މުހައްމަދު މުއިއްޒާއި ގުޅުން އޮތްކަމަށް ތުހުމަތުކުރާ ބައެއް ފަރާތްތަކަށް ރައްދުދެއްވާފައެވެ.

“މިކަމާ ގުޅުވައިގެން ސަލަފުބޮޑުމީހާ (އިދިކޮޅު ކެންޑިޑޭޓުގެ ޅިޔަނު) ދައްކާވާހަކަ އަށް ބުނެލަމެވެ. ﷲ ދެނެވޮޑިގަތުން ބޮޑެވެ. ދުވަހަކު ކޮޅުން އަޅުގަނޑު ދަންނަ މީހަކަށްވެސް އަޅުގަނޑަކީ އިސްލާމް ދީނަށް ޖޯކުޖަހާ މީހެއް ނޫންކަން އެގޭނެއެވެ. ފުރަތަމަބުރުގައި އަޅުގަނޑުމީ އުޅޭމީހެއްކަންވެސް ނޭންގެއެވެ. ދެވަނަ ބުރުގައި ތަންކޮޅެއްގަދައަށް ކެންޕޭން ގައި އުޅެންފެށުމުން ބޮޑު ތުހުމަތެއްކޮށް އަޅުގަނޑު ތި ހުށައެޅީ ނުރައްކަލެއްގެ ތެރެއަށެވެ.”

ފަޒްނާގެ ފޭސްބުކް ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ވާ ގޮތުގައި އެކަމަނާއާއިއެކު އަރިހުގައި ހުންނެވި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ހުޅުމާލެ ދާއިރާ ކައުންސިލަރ އަށް ގުޅާފައެވެ. އަދި އެ ގުޅި ގުޅުމުން އެކަމަނާއަށް “ބާޢީ” އަށް ގޮވީ އިދިކޮޅުގެ ބައެއްކަން ސާފުވިކަމަށް ވިދާޅުވިއެވެ. ފަޒްނާގެ ޕޯސްޓުގައިވާ ގޮތުގައި ނިޔާޒް ވަނީ ޑރ މުއިއްޒަށް ގުޅުއްވުމަށްވެސް މަސައްކަތްކުރައްވާފައެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.

މީހަކު ތުހުމަތުތަކެއް ކުރި ނަމަވެސް އެކަމަނާއަކީ އިސްލާމް ދީނަށް ޖޯކު ޖަހާ މީހެއް ނޫންކަން އެންމެންވެސް ދަންނާނެކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި އެފަދަ ތުހުމަތުތައް ކުރާ ބައެއް ފަރާތްތަކަށް މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުކޮށް ފަޒްނާ ވިދާޅުވެފައިވަނީ އެ ތުހުމަތުތަކުގެ ސަބަބުން އެކަމަނާ ވަނީ ނުރައްކަލަށް ހުށައެޅިފައިކަމަށެވެ. މިކަމާއި އެކަމަނާ ޖެހިލުން ނުވީ ނަމަވެސް މިއީ ސީރިއަސް މައްސަލައެއްކަމަށް ފަޒްނާ ވަނީ ފާހަގަކުރައްވާފައެވެ.

ކެންޕޭންކުރުމުގައި ސާބިތުކަމާއެކު ހުންނާނެކަމަށްވެސް ފަޒްނާ ވަނީ ވިދާޅުވެފައެވެ. އަދި ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށްވެސް ފަޒްނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: