ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ޒިންމާދާރު ބަޔަކަށް ވާނީ ޒިންމާނެގުމުގެ މުހިއްމުކަން ހާމަކޮށްދީގެން: ފަޒްނާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިން ޒިންމާދާރު ބަޔަކަށް ވާނީ ޒިންމާ ނެގުމުގެ މުހިއްމުކަން އެކުދިންނަށް ހަމަކޮށްދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައި ވަނީ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ

ފަޒްނާ ވިދާޅުވީ ބަސްބުނުމުގެ ޙައްޤާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުޞަތު އެންމެ ފުޅާދާއިރާއެއްގައި ކުދިންނަށް ދޭންޖެހޭކަމަށެވެ. އަދި ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެންމެ ތުއްތު އިރުން ފެށިގެންވެސް އެ ފުރުޞަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ.

ފަޒްނާގެ މެސެޖުގައި ކުޑަކުދިންނަށް ލިބިފައިވާ ޙައްޤުތަކާއި އެކު ޒިންމާތަކެއް ވާކަން ވަނީ ތަކުރާރުކޮށް ހަނދާންކޮށް ދެއްވާފައެވެ.

އެގޮތުން އެކަމަނާ ވިދާޅުވި ގޮތުގައި ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ރަނގަޅު ކާނާ ލިބުނީމާ އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ. ހަމަ އެފަދައިން އެކަމަނާ ވިދާޅުވިގޮތުގައި ރަނގަޅު ތަޢުލީމެއް ލިބުމަކީ ކުދިންގެ ޙައްޤެއް ނަމަވެސް ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވިގޮތުގައި އެކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރުހިފޭ، ކޮންމެ ކަމެއްގައިވެސް އޮތް އެންމެ ރަނގަޅު ގޮތް ޚިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށްވުން ކަމަށާއި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމުގައި ވިދާޅުވިއެވެ.

މި މެސެޖުގައި މައިންބަފައިންނާއި މުދައްރިސުންނާ މުޚާތަބްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައެވެ. އަދި، ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިޙްސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާޙައުލުގައާއި މުޅި މުޖުތަމަޢުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރުން ވިދާޅުވާކަމަށާއި، ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަން ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިދާޅުފައެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވިދާޅުވީ ކަންކަމުގައި ކުދިން ޝާމިލު ކުރުން އެކަމަނާއަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުންކަމަށާއި، މިސާލަކަށް ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ޤަވައިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ޤަވައިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުޞަތު ބޮޑުވާނެކަމުގައެވެ. އަދި، މިފަދަ ކަންކަމުން ކުދިންނަކީ މުހިންމު ބައެއް ކަމާއި އެކުދިންނަށް ބޮޑެތި މީހުން އިތުބާރުކޮށް އިޙްތިރާމްކުރާކަން އެނގިގެންދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: