ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުން ކަނޑަށް ކުނި އެޅި މައްސަލަ އީޕީއޭއިން ބަލަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަތޮޅުގައި އޮންނަ އެމަރެލްޑް މޯލްޑިވްސް ރިސޯޓުން ކަނޑަށް ކުނި އެޅި މައްސަލަ އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭ އިން މިއަދު ބުނީ ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ ކަމާ ގުޅޭ އިދާރާތްތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ އެމަރޑް ރިސޯޓުން ކަނޑަށް އަޅާލި ގިނަ އަދަދެއްގެ ކުނިތަކެއް ހޮވައިގެން އަނބުރާ ގެންގޮސް އެ ރިސޯޓްގެ ރިޝެޕްޝަނުގައި ބެހެއްޓުމާ އެކުއެވެ. މިކަން ކުރީ އެރިސޯޓްގެ ޑައިވަރެއްގެ ވަޒީފާ އަދާކުރި އިގްބާލް ނަމަކަށް ކިޔާ މީހެކެވެ.

އިގުބާލާ އެކު މަސައްކަތް ކުރާ ބައެއް އެހެން މުއައްޒަފުންނާ އެކު ގޮސް އެރިސޯޓުން ކަނޑަށް އުކާލި ކުނިތައް ނަގައިފައި ވަނީ 20 މީޓަރާއި 25 މީޓަރު އަޑިން ކަމަށާއި އެ ކުނިތައް ހުރީ ރ. އަތޮޅުގެ މަޝްހޫރު ޑައިވް ޕޮއިންޓެއް ކަމަށްވާ “މާފަރު ކޭވް” ނަމަކަށް ކިޔާ ޕޮއިންޓެއްގައި ކަމަށް އިގުބާލް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: