ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީގައި ބިން ބޭނުންކުރުމާއި ބެހޭ ގާނޫނާއި ހިލާފުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

މާފުށި/ ފޮޓޯ:- އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީގައި ވިޔަފާރި ކުރުމަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތައް، ހުސްބިންތައް ބޭނުންކުރުމާއި ބެހޭ ގަވާއިދާއި ހިލާފުވާ ކަމުގެ ކަންބޮޑު ވުން މާފުށި ކައުންސިލުން ފާޅުކޮށްފި އެވެ.

މިއަދު ކައުންސިލުން ނެރުނު ނޫސްބަޔާނުގައިވަނީ، ބިން ބޭނުންކުރުމާއި ބެހޭ ގަވާއިދުގެ މިންގަނޑުތަކުން ބޭރުގައިވާ އަމަލުތައް ހިންގާ ކަން ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ. އިސްލާމީ މުޖުތަމައެއްގައި ކުރުން ބަލައިނުގަނެވޭ ފަދަ އަމަލުތައް ހިނގަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް އައިސްފައިވާކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މިގޮތުން ނަމާދު ގަޑިތަކުގެ އިތުރުން ރޭސަނޑު 00:00 ގެ ފަހުން އަޑުގަދަކޮށް ލަވަޖަހާ މައްސަލަ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭ ގެ ގާނޫނާއި ގަވާއިދުތަކާއި، އިސްލާމް ދީނާއި ދިވެހި ސަގާފަތަށް ފުށުއަރާފަދަ ޣައިރު މުސްލިމުންގެ ނުވަތަ ބޭރު ގައުމުތަކުގެ ދީނާއި ގުޅޭ ދުވަސްތައް ފާހަގަކުރުމުގެ އިތުރުން އިސްލާމީ ރިވެތި އަހްލާގާއި ހިލާފު އަމަލުތައް ވިޔަފާރި ބިންތަކުގައި އަމަލުކުރަމުން އަންނަކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ބިންދޫކުރުމާއި ބެހޭ ގަވާއިދުތަކަށް ބޯލެނބުމަށް އިރުޝާދުދެމުން ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ގަވާއިދާއި ހިލާފުވާ ހަރަކާތްތަތއް ހިންގުން ހުއްޓާލުމަށެވެ. އަދި ބިންދޫރި ބޭނުން ނޫން އެހެން ބޭނުމެއްގެ ބިުގެ ބޭނުން ހިފާނަމަ ކައުންސިލަށް އެކަން ލިޔުމަކުން އެންގުމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މާފުށި ކައުންސިލުން ބުނެފައިވަނީ ގަވާއިދާއި ހިލާފަށް ބިން ބޭނުންކުރުމުގައި ކުރިއަށް ގެންގޮއްސި ނަމަ، ކައުނސިލަށް ލިބިދޭ ބަރުތަކުގެ ބޭނުންކޮށް އެއްބަސްވުން ބާތިލު ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: