ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނައަށް އުމްރާ ދަތުރެއް!

މާފުށި/ ފޮޓޯ:- އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގައި ބާއްވާ ހަވަނަ ގުރުއާން މުބާރާތުގައި އެއްވަނަ އަށް އަންނަ ފަރާތަކަށް ޢިނާމެއްގެ ގޮތުން ޢުމްރާ ދަތުރެއް ދޭން ނިންމައިފިއެވެ.

މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގުރުއާން މުބާރާތަކީ ސިލްސިލާކޮށް ބާއްވަމުން ދިޔަ މުބާރާތެއް ކަމަށާއި ކޮވިޑްގެ ސަބަބުން ދެ އަހަރު އެ މުބާރާތް ނުބޭއްވުނު ކަމަށެވެ. އަދި މިއީ އެ ކައުންސިލުން ބާއްވާ ހަ ވަނަ ގުރުއާން މުބާރާތް ކަމަށް ބަޔާނުގައިވެއެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަކީ މާފުށީގެ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މީގެ އިތުރުން މިފަދަ މުބާރާތެއް ސިލްސިލާކޮށް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ  މާފުށީގައި ކީރިތި ޤުރުއާނަށް ލޯބިކުރާ، ޤުރުއާން ކިޔަވަން ޝައުގުވެރިވާ ރައްޔިތުން ތަކެއް އުފެއްދުމުގެ ބޭނުމުގައި ކަމަށް ކައުންސިލުން ބުނެއެވެ.

މި ޤުރުއާން މުބާރާތުގައި މުޅި މުބާރާތުގެ އެންމެ މޮޅު 10 ބައިވެރިންނާއި އެއް ވަނަ، ދެ ވަނަ، ތިން ވަނަ އާއި ކޮންމެ އުމުރު ފުރާއަކޫން އެއް ވަނަ، ދެ ވަނަ، ތިން ވަނަ، ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މުޅި މުބާރާތުން ގަދަ 10 ގެ ކޮންމެ ބައިވެރިއަކަށް 1000ރ. ލިބޭނެއެވެ. އަދި އެއްވަނައަށް ދާ ފަރާތަށް އުމުރާ ދަތުރެއް، ދެވަނައަށްދާ ފަރާތްތައް 10،000 ރުފިޔާ، ތިން ވަނައަށްދާ ފަރާތްތަށް 5000 ރުފިޔާ ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: