ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިކްނިކް އައިލެންޑް އާއި މާފުށި ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢު އެމްޓީސީސީއަށް!

ޕިކްނިކް އައިލެންޑް އާއި މާފުށި ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢު އެމްޓީސީސީއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގައި އަލަށް އިތުރުކުރެވުނު ބިން، ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވައިފައި ވަނީ ކ. މާފުށި ފަޅުގައި އަލަށް ހިއްކައިގެން އުފެއްދި ޕިކްނިކް އައިލެންޑްގައި އޮތް ހަފްލާއެއްގައެވެ.

މި މަޝްރޫޢުގެ ދަށުން، 80 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމައި، 20 މީޓަރު ފުޅާ، 64.137 މީޓަރު ދިގު ބްރިޖެއް ޤާއިމުކުރުމާއި، ކޮންކްރީޓް މަސައްކަތް ކުރުމް މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ޕޭވިންގް މަސައްކަތް ކުރުމާއި، ޑްރެއިނޭޖް މަސައްކަތާއި، މެޓަލް މަސައްކަތާއި، ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކުރި މި މަޝްރޫޢަކީ 41.35 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވާއިރު، މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންޕްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާއި، މާފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ހަސަން ސަލާޙު އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި ޕްލޭނިންގ މިނިސްޓްރީ އަދި އެމްޓީސީސީގެ އިސްވެރިންނާއި، މާފުށީގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: