ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށި ކައުންސިލްގެ ކަންބޮޑުވުންތަށް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކޮށްފި

މާފުށި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށި ކައުންސިލްގެ ކަންބޮޑުވުންތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާކޮށްފިއެވެ.

މާލެ އަތޮޅު މާފުށި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއިއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށަށް މި ވަގުތައް އެންމެ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފިއެވެ.

ރޭ މާފުށި ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި މާފުށީގައި އުފެދޭ ކުނި ނައްތާލުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދިނުމަށާއި، ރައްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރައީސުގެ އަރިހުގައި ދަންނަވައިފައިވެއެވެ. އަދި އެރަށު ކައުންސިލް އިމާރާތް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ އިތުރުން ސިންކިތްތައް ބެލެހެއްޓުމަށާއި ކައުންސިލަށް އިތުރު މެންބަރުން ބޭނުންވާ ކަނަށް ރައީސްގެ އަރިހުގައި ދަންނަވާއިފައިވެއެވެ.

އަދި ހަމައެހެންމެ، ކައުންސިލަރުން ވަނީ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ރަށު ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތްތަކުގައި ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. މީގެއިތުރުން، މި ބައްދަލުކުރެއްވުމުގައި މާފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިފަދަ ކޮމިއުނިޓީތަކަށްދޭ އެލަވެންސްގެ އިތުރުން ކޮމިއުނިޓީތައް ބާރުވެރިކުރުމަސްޓަކައި އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދުމުގައި ސަރުކާރުން އެއްބާރުލުން ބޭނުންވާކަމަށް އަންހެނުންގެ ކޮމިޓީގެ މެންބަރުން ވަނީ ބުނެފައެވެ.

އެ ކޮމިޓީގެ މެންބަރުން ވަނީ ރަށުގައި ވޮލީ ކޯޓެއް ނެތުމުގެ ދަތިކަމާއި އަންހެނުންނާއި ފިރިހެނުންވެސް ބޭނުންކުރަނީ 1 ފުޓްސަލް ދަނޑުކަމަށްވުމުގެ ސަބަބުން އަންހެނުންނަށް ފުރުސަތު ލިބުމުގައި ހުރި ދަތިތައް ހިއްސާކުރިއެވެ. މީގެ އިތުރުން މިހާރު ބޭނުންކުރާ ފުޓްސަލް ދަނޑަކީވެސް އިތުރަށް ތަރައްގީ ކުރަންޖެހިފައިވާ ދަނޑެއްކަމަށްވެސް ކައުންސިލްއިން ރައީސްއަށް ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ހުށަހެޅުނު ކަންކަމަށް ރިޢާޔަތްކުރައްވާ، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުގެ އެއްބާރުލުމާއެކު ހާސިލްކުރެވެންހުރި ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މާފުއްޓަށްކުރެއްވި މި ދަތުރުފުޅުގައި ވަނީ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާ، ޖަލުގެ ހާލަތު ވަޒަންކުރައްވާފައެވެ. އަދި ރައީސް ވަނި ޖަލުގެ މަވައްޒަފުންނާއި އިސްވެރިންނާއި ބައްދަލުކުރައްވާ، ޖަލުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

އަދި ހަމައެހެންމެ، މި ދަތުރުފުޅުގައި ރައީސް ވަނީ ސަރުކާރުން މާފުށީގައި ގާއިމްކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ދަނޑު ހުޅުވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ މާލެ ވޭޓެރަންސް ޓީމާއި މާފުށި ޓީމުގެ މެދުގައި ކުޅުނު ފުޓްބޯޅަމެޗުގެ ބައެއް ބައްލަވާލައްވާފައެވެ. މީގެއިތުރުން ރައީސް ވަނީ މާފުށި ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވާ، އެ މަރުކަޒުގެ މުއައްޒަފުން އަދި އިސްވެރިންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: