ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯނީ ރިޕޯޓު ގެއްލިއްޖެ، މައްސަލަ ބެލުމައްޓަކައި ފުލުހަށް!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯނީ ރިޕޯޓުގެ މައްސަލަ ބެލުމަށްޓަކައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅައިފާވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގާނޫނާއި ހިލާފު މަޖުބޫރު ކުރުމުގެ ތެރެއިންކަމަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން އާންމުކޮށްފައިވާ (ކޯނީ)ގެ ރިޕޯޓުގެ ދިވެހި ތަރުޖަމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2012 ވަނަ އަހަރު ނެރެފައިވާއިރު އެ ރިޕޯޓު ގެއްލިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ ދައުލަތުގެ ބޮޑު ސިއްރެއް ކަމަށެވެ. އަދި އެކަން ބަލާ ތަހުގީގު ކުރުމުން އެކަމުގައި ޒިންމާވާ މީހުން އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ހދ. ނޭކުރެންދޫގައި ބޭއްވި ބައްދަލުވުމުގައެވެ.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް އިންކުއަރީ ކޮމިޝަނުން ވަނީ މައިގަނޑު ހަތަރު ކަމެއް ބަލާފަ އެވެ. 2012 ވަނަ އަހަރު ޖެނުއަރީ 14 އިން ފެށިގެން ފެބްރުއަރީ 8 ވަނަ ދުވަހާ ދެމެދު ރާއްޖޭގައި ހިންގި ކަންކަމާއި، ހަތެއް ފެބްރުއަރީ ގައި ވެރިކަން ބަދަލުވިގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާއި ހިލާފް މަޖުބޫރުކުރުމުގެ ތެރެއިން ތޯ އާއި އަދި ވެރިކަން ބަދަލުވީ ގާނޫނާއި އެއްގޮތައްތޯ އެ އިންކުއަރީގައިވެއެވެ.

މީގެއިތުރުން ރައީސް ވަނީ މިއަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ ވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަށް ވުރެ ރަނގަޅަށް ކުރެވޭނެ ކެންޑިޑޭޓަކު ނެތް ކަމަށް ޗެލެންޖުކުރައްވައިފައެވެ. ކުރިންވެސް ސަރުކާރެއް ހިނގިކަމަށާއި، އަދި މިހާރުގެ ސަރުކާރަށް ވުރެ ބޮޑަށް އޭރު ސަރުކާރުގެ މާލިޔަތުވެސް ރަނގަޅު ދުވަސް ވަރެއް ދިޔަކަމަށެވެ. ނަމަވެސް އަޅާލުމެއްނެތި ބާކީ ކޮށް ރައްޔިތުން އެކަހެރި ކޮށް ހަމައެކަނި ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު މަސައްކަތް ނޫން އެހެން މަަސައްކަތެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެހެން ނޫންނަމަ 21 ގަރުނަސް އަންނައިރު ރާއްޖޭގެ ރައްޔިތުން މިއަދު ތިބި ހާލުގައި ނުތިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: