ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރިނަށް އަޅުގަނޑުމެންނާ އަރާ ހަމަ ނުކުރެވޭނެ، މިތިބީ ވަރަށް ގަދަކޮށް: ފައްޔާޒް

އިގްތިސާދީ ވަޒީރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހުފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި އަރާ ހަމަ ނުކުރެވޭނެ ކަމަށާއި އެމްޑީޕީ މިފަހަރު އޮތީ ތަފާތުކޮށް ގަދަކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙްގެ “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ފެށުމުގެ ގޮތުން ރޭ ށ. ފޯކައިދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ  ރިޔާސީ އިންތިހާބު އެމްޑީޕީ އިން ކާމިޔާބު ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ އިންތިހާބާ ކުރިމަތިލީ ހުސް އަތާ އެއްވެސް އެއްޗެއް ނުލާ ކަމަށާއި ނަމަވެސް މިފަޖަރު އިންތިހާބާއި ކުރިމަތިލީ ކޮށްތާއި، ފެނާއި، ތެލާއި، ދެން ވެސް ބޭނުންވާ ހުރިހައި އެއްޗެއް ބަރުކޮށްގެން ކަމަށެވެ. އެހެން ކަމުން މިފަހަރު އެމްޑީޕީ އޮތީ ތަފާތުކޮށް ގަދަކޮށްކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

ފައްޔާޒް ވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން ބަދަލުވި ގޮތުގެ ވާހަކަ ވެސް ދައްކަވާފައެވެ. އެގޮތުން އެންމެންގެ ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން ބިރުވެރި ނުރައްކާތެރި ދަތުރަކަށް ފަހު އަމާން މަންޒިލަކަށް ބަނދަރު ކުރެވުނު ކަމަށާއި އެހެން ނަމަވެސް, ތަގްދީރު ނިޔާކުރި ގޮތުން ދިމވީ ހިތާމަވެރި ހޮތްދަތި ދުވަސްތަކާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ފާހަގަ ކުރެއްވީ ރައީސް ނުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ވާހަކައެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ފެއްޓެވި  ދަތުރުގައި ބިޔަ ބޮޑެތި ރާޅުތަކާ ކުރިމަތިވި ކަމަށާއި ބިރުން ފިއްކަޑައިގެންދާ ވަރުގެ ކޮޅިގަނޑުތަކާ ދިމާވި ކަމަށެވެ. އެހެންނަމަވެސް އޮޑިދިޔައީ ނަގާ ރާޅަކަށް މޫސުމުގެ އޮޔާ ވަޔަށް ބެލުމެއް ނެތި މަންޒިލް އަތުލުމަށް ކަމަށާއި އެންމެންގެ ހިތްވަރާއި އެއްބާރުލުމުގެ ސަބަބުން ބިރުވެރި ނުރައްކާތެރި ދަތުރަކަށް ފަހު އަމާން މަންޒިލަކަށް ބަނދަރުކުރެވިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“މިއަދު މިތިބީ އެ އަމާން ބަނދަރު ހާސިލުކޮށްގެން. އެތައް ހުރަސްތަކާއި ގޮންޖެހުންތަކާ އެކު ވެސް ދިވެހިން ބޭނުންވާ ހެޔޮވެރިކަމުގެ ނިޒާމެއް ފައްކާކޮށްދީފި. ރައްޔިތުންގެ މިނިވަންކަން ކަށަވަރުކޮށްދެއްވައިފި. އިގްތިސޯދު ފުނޑުފުނޑުވިޔަ ނުދީ އެއް ހަމައެއްގައި ހިފެހެއްޓި. ދުވަހަކު ވެސް ނުދެކޭހާ ތަރައްގީ އާއި ކުރިއެރުން މިއަދު, ވަނީ ލިބިފައި. ރައީސް ސޯލިހުގެ މި ދައުރުގައި އެޅުން ބިންގާތަކަކީ އެތައް ޒަމާންތަކެއް ވަންދެން އެތައް ބަޔަކަށް ނުކުރެވި ހުރި ކަންކަން,” ފައްޔާޒް ވިދާޅުވިއެވެ. 

ފަސް އަހަރުގެ ހަމަ ނޭވާ ލުމުގެ ފުރުސަތު ދިނުމަށް ފަހު އުފާވެރި އަމާން ރާއްޖެއަކަށް. އެންމެ ތަން ފުކެއް ވެސް ދޫކުރާކަށް ނެތިން. އަލުން އަނިޔާވެރިކަން އިޔާދަ ކުރާނެ އެއްވެސް ޖާގައެއް ނުދޭނަކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ނުކުތީ ފިސާރި ޔަގީންކަމާ އެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ހުރިހާ ގޮންޖެހުންތަކާ ހުރަސްތަކާ އެކު ވެސް ރައީސް ސޯލިހްގެ މާލިމީ ކަމުގައި އަމާން ބަނދަރަކަށް ވާސިލްވެފައިވާ ކަމަށެވެ. ރައީސް ސޯލިހް ވަނީ ދިވެހިން ބޭނުންވާ ހެޔޮވެރިކަން ގާއިމުކޮށްދީ ގައުމުގެ ތަރައްގީގެ ބިންގާތައް އަޅުއްވައިދެއްވާފައި ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެއީ މިގައުމުގެ ތާރީހުގައިވެސް ނުދެކޭ ވަރުގެ ތަރައްގީ ކަމަށްވެސް ވެސް ފާއްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: