ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމަ ދުވަހު މިނިމަމް ވޭޖް އިއުލާންކުރަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޯމަ ދުވަހު މިނިމަމް ވޭޖް އިއުލާންކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއާއި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯމަ ދުވަހު މިނިމަމް ވޭޖް އިއުލާންކުރުމަށް ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށެވެ. މިނިމަމް ވޭޖް ކަނޑައަޅާފައިވާނީ މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ ދިނުމަށް އެކުލަވާލި މިނިމަމް ވޭޖް ބޯޑުން ދީފައިވާ ލަފާއާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖްގެ މަސައްކަތްތައް 2019 ވަނަ އަހަރުގެ ފަހުކޮޅު ފެށިނަމަވެސް އެމަސައްކަތް ފަސްކުރީ ކޮވިޑްގެ ބަލިަމޑުކަމާއިއެކީ ގައުމުގައި އެވަރުގެ އިގްތިސާދީ ފުދުންތެރިކަން ނެތްކަމަށް ބުނުމަށްފަހުގައެވެ. މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ދިނުން އިކޮނޮމިކް މިނިސްޓަރަށް ގާނޫނީ ގޮތުން ލާޒިމްވާއިރު، މިނިމަމް ވޭޖްގެ ވާހަކަތައް އަލުން ދެކެވެން ފެށުނީ މުސާރައިގެ މައްސަލާގައި ސިވިލް ސާވަންޓުން އިހުތިޖާޖުތަކެއްކޮށް، މަސައްކަތަށް ނުކުތުން ހުއްޓާލުމާއިއެކުއެވެ. މިނިމަމް ވޭޖް ކަނޑައެޅުމަށް އެކި ތާރީހުތައް ކަނޑައެޅުނުނަމަވެސް، އެކި ސަބަބުތަކާއިހުރެ މިނިމަމް ވޭޖް ކަނޑައެޅުން ވަނީ ފަސްކޮށްފައެވެ.

މިނިމަމް ވޭޖް ދިނުމަށް ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެތިން ކެޓަގަރީއަކީ އެންމެ ކުދި ވިޔަފާރިތައް، މެދު ފަންތީގެ ވިޔަފާރިތައް އަދި އެންމެ ބޮޑެތި ވިޔަފާރިތަކެވެ. މިތިން ކެޓަގަރީއަށް ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭ މިންވަރު ތަފާތުވާއިރު މިނިމަމް ވޭޖްގެ ގޮތުގައި އެންމެ މަދުން ލިބޭ މުވައްޒަފުންނަށް ލިބޭނީ މަހަކު 5600 ރުފިޔާއެވެ. މިނިމަމް ވޭޖް ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފައާއި އެއްގޮތަށް އުޖޫރަ އިސްލާހުވެއްޖެނަމަ ބައެއް ދާއިރާތަކުގެ މުސާރަތަކަށް ސަތޭކަ އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

މިހާރު ހާމަކޮށްފައިވާ އުސޫލުތަކަށް ބަލާއިރު، މިނިމަމް ވޭޖުގައި އެއްވެސް އިތުރު އިނާޔަތެއް އަދި އެލަވަންސެއް ނުހިމެނޭނެއެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ފަށާނީވެސް ދެ އަހަރުފަހުން ކަމަށްވެސް ބެލެވެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށް އެކުލަވާލި ބޯޑުގައި 11 މެމްބަރުން ތިބެއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ މިބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރުން ކަނޑައަޅާ ޚާއްސަ ގަރާރަކުންނެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 20%ވަރަށް ދެރަ 53%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: