ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކި ދާއިރާތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައީ މި ސަރުކާރުން: ފައްޔާޒް

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ނުގެނެވޭ ފަދަ ބޮޑެތި އިންގިލާބީ ބަދަލުތަކެއް ދާއިރާތަކަށް ގެނައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް 3 އަހަރު ވުމާއި ގުޅިގެން ސަންގު ޓީވީ އިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސޯދީ ދާއިރާ އާއި، އިގްތިސޯދީ އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއަށް މި ސަރުކާރުން ބަދަލުތަކެއް ގެނައިސް އިސްލާހުކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ވަކި ރަށެއް އެކަހަވެރިނުކޮށް، އާއްމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 21 ވަނަ ގަރުނުގައި ރައްޔިތުން ބޭނުންވާ ފަދަ މުޖުތަމައުއެއް ބިނާކުރުމަށް، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން އަދި މަޖިލީހުގެ ތެރެއިން ވެސް އިޖްތިމާއީ ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގައި ދާއިރާގެ ތެރެިން ހިމެނޭ ޖުޑީޝިއަރީ ނިޒާމުތަކުގެ ތެރޭގައިވާ ކޮޓު ތަކުގެ ނާއިންސާފު ވުމުގެ ޝަކުވާތައް އަޑުނީވޭނެ ކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން އަޑު އިވެމުން ދިޔަ ވާހަކަތަކަކީ ކޯޓު ތަކަށް ބަރޯސާ ނުކުރެވޭ ވާހަކަތައް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ގިނަ ބަޔަކު ގަބޫލުކުރަމުން އައި ހަގީގަތަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ކޮރަޕްޝަން އާއި ސަރުކާރުގެ ނުފޫޒުން ކަންތައް ކުރެވިގެން ދާ ކަމަށް ވީ ނަމަވެސް މިހާރު އެއީ ހަގީގަތެއް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ވެސް ކޮވިޑުގެ އަސަރު ތަކެއް ކުރިކަމަށާއި ވެރިކަމަށް ހަވާލުވީ އިރު މިފަދަ ކަމަކަށް ތައްޔާރު ވެފައި ނުވާ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް ދިމާވި އެންމެހާ ގޮންޖެހުންތަކާއި ވަކި އިންތިޒާމެއްގެ ދަށުން ކުރިމަތިލައި ރާއްޖޭގެ އިގްތިސޯދު ކޮޅަށް ނެގުުމަށް ފައިދާ ހުރި މަސައްކަތް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: