ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ރައީސް ސާލިޙަށް: މަޖިލީހަށް ސިފައިން ވެއްދުމަކީ ރައީސްއާ ބެހޭ ކަމެއް ނޫން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ބޭނުންފުޅުވާހާ ގޮތަކަށް މަޖިލިސް ހިންގަވަމުން ގެންދަވި ނަމަވެސް ސިފައިން ވައްދާ އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވުމާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

މަޖިލީހަށް ސިފައިން ވެއްދުމަކީ ރައީސްއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިޙްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު މަޖިލިސް ހިންގަވަމުން ގެންދަވާ ގޮތާއިމެދު ނުސީދާކޮށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

“އުފާވެރި އަމާން ރާއްޖެ” ޝިޔާރުގެ ދަށުން ރައީސް ސާލިޙް ފެއްޓެވި ކެމްޕެއިންގައި ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެހެން ވެރިކަންތަކާއި، މި ވެރިކަން ތަފާތުކަމަށާއި، ރައްޔިތުން ނިންމި ގޮތަށް ކޯލިޝަންވެސް އެބައޮތްކަމަށެވެ. އަދި މިއަދު ލިބޭ ހަމަޖެހުމުގެ ސިއްރަކީ ކޯލިޝަން ދެމި އޮތުންކަމަށް ވިދާޅުވިއެވެ. ސިޔާސީ ލީޑަރުން ތިބީ މިނިވަންކަމާއިއެކުގައިކަމަށާއި، މަޖިލީހުގެ ރައީސް ބޭނުންފުޅުވާގޮތަކަށް މަޖިލީސް ހިންގުމުގެ މިނިވަންކަންވެސް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިން ވަދެ އެކަން ނުހުއްޓުވާކަމަށާއި، ނުސްވެރިންގެ ގަލަމުގައި ދޯރިޖަހާ، ޓީވީ ޗެނަލްތައްވެސް ބަންދުނުކުރާކަމަށް ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ ސަރުކާރުން ރައްޔިތުންނަށްކޮށްދެއްވާފައިވާ ކަންތައްތަކެވެ.

ރައީސް ސާލިޙްގެ މިވާހަކަފުޅަށް ރައްދު ދެއްވާ ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަން ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނޫން ކަމަށެވެ. އެގޮތުން މަޖިލިސް އަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލިސް ރައީސްގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި ހިނަގަމުންދާ ކަންކަމާއި ގުޅިގެން މަޖިލީހށް ސިފައިން ވައްދައިގެން ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ސާލިޙް ރައީސް ނަޝީދަށް އަމާޒް ކުރައްވާ ފާޑުވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ސިޔާސީ ހަމަނުޖެހުމުގެ ތެރެއިން މަޖިލީހަށް ސިފައިން ވައްދާ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރެ ހިނގާފައިވާ ކަންތައްތަކާއި ގުޅިގެންނެވެ.

މީގެއިތުރުން މަޖިލީހަށް ސިފައިން ވައްދައިގެން ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކުރައްވާ ކަމަށް ރައީސް ސާލިޙް ވިދާޅުވި ސަބަބަކީ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމް، ޕީއެންސީއާއި ގުޅިގެން މަސައްކަތް ކުރައްވަން ފައްޓަވާފައި ވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: