ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރުން ޖަލްސާތައް ބާއްވަން އެމްޑީޕީން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންގޮސްދިނުމަށް އެދި އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ހުށަހަޅައިފި އެވެ.

މަޖިލީހަށް ވައްދާފައިވާ އެކި އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އެކު، މަރުތަޅު އެޅުވިފައިވާ ޖަލްސާތަކަށް ހައްލެއް ނުލިބި މިއަދުގެ ބައްދަލުވުން ނިންމާލީ ޗުއްޓީއަށް ދިޔައީކަން އިއުލާނު ކުރުމަށް ފަހު އެވެ. ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ދިޔައިރު މުހިންމު ގިނަ މަސައްކަތްތައް ނުނިމި އެބައޮތެވެ. އަދި ކޮމިޓީ މަރުހަލާގައި ގިނަ ބިލުތައް ހުރީ ތާށިވެފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު ޖަލްސާތައް ހުއްޓުމަކަށް އައިސް ރައީސް ނަޝީދު ހުށަހެޅުއްވީ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެމްޑީޕީން އެކަމަށް ދެކޮޅެވެ.

މި މައްސަލައިގައި ސިލްސިލާކޮށް އިދިކޮޅު މެމްބަރުންނާއި، އެމްޑީޕީން ދަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލުމުގެ ކުރިޔަށް، އެމްޑީޕީން ބޭނުން ވީ ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް ހުށަހެޅުމަށެވެ. އެހެންނަމަވެސް، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ހުންނެވި ރައީސް ނަޝީދު އެމްޑީޕީގެ ޕީޖީއަށް އެ ފުރުސަތު ނުދެއްވި އެވެ.

މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ) ބުނާގޮތުގައި، ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއި އެކު ޖަލްސާތައް ކުރިޔަށް ގެންދަން ހުށަހަޅައިފި ނަމަ އެންމެ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ވާނެ އެވެ.

އެ މާއްދާގައި ވަނީ މަދުވެގެން 29 މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅާ ހުށަހެޅުމުގައި، ދައުރު ދަންމާލުމަށް ބޭނުންވާ ސަބަބު ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ހުށަހެޅުން ފޮނުވަން ޖެހޭނީ މަޖިލީހުގެ ރައީސަށްކަމަށް ގަވައިދުގައި ވެއެވެ. އެއަށް ފަހު ޖަލްސާއެއް ނުވަތަ، ޖަލްސާތައް ބޭއްވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭން ވާނެ އެވެ.

ދައުރުން ބޭރުން ޖަލްސާ ބާއްވަން ބޭނުންވާ ސަބަބެއްކަމަށް އެމްޑީޕީގެ ހުށަހެޅުމުގައި ވަނީ، ދާއިމީ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ އެކަން ކުރުމަށާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދިއުމެވެ. އަދި މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަގާމުން ދުރު ކުރުން ވެސް އޭގެތެރޭގައި ހިމެނެ އެވެ.

މި ހުށަހެޅުމުގެ ތަފްސީލު ދެއްވައި، އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު އެކަމަށް ފުރުސަތު ނުދެއްވީ ގަސްތުގައި ކަމަށެވެ. އަދި ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓެވި ގޮތަށް ފާޑުވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ރައީސް ނަޝީދު މިއަދުގެ ޖަލްސާ ނިންމާލީ ބަހުސް ކުރުމަށް އެދިފައިވަނިކޮށްކަމަށާއި، ޕާޓީއަށް ބަހުސްގެ ވަގުތު ވެސް ބާކީ އޮތް ކަމަށެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައީސް ނަޝީދު ދެކޮޅު ހެއްދެވުމަށް ފަހު މިއަދުގެ ޖަލްސާއަށް ވަޑައިގަތީ ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށްކަމަށް ވިދާޅުވެ އެވެ. ޖަލްސާތައް ކުރިޔަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމަޖީ ގަވައިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސް ނަޝީދުގެ ޒިންމާއެއްކަން ފާހަގަކޮށް އެމްޑީޕީގެ ޕީޖީން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މިވަގުތު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ އެމްޑީޕީން ވެސް ވަކިވީ ގޮތަށް މަޖިލީހުގެ ރައީސްގެ މަގާމުން ވެސް ވަކިވުންކަމަށް މެމްބަރުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: