ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު “ފިކުރެއްގެ ދިރުން” ދޫކޮށްލައްވައިފި: އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އަދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް “ފިކުރެއްގެ ދިރުން” ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވައިފި ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރިއަށް ގެންދަވާ “ފިކުރެއްގެ ދިރުން” ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ނިންމާ އެ ހަރަކާތުގައި އުޅުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރުން އެމްޑީޕީން ވެކިވެފައި ވާތީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ދެން އަމަލު ކުރާނެ ގޮތަކާއި ބެހޭ ގޮތުން “ސަންގު” އިން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އޭނާ ގަބޫލުފުޅު ކުރައްވާ ގޮތުގައި ރައީސް ނަޝީދު މިހާރު ވަނީ ފިކުރެއްގެ ދިރުން ދޫކޮށްލައްވާފަ ކަމަށެވެ. އޭގެ ހެއްކަކީ ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު ރައީސް ނަޝީދު ޕާޓީން ވަކިވެ ވަޑައިނުގަތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާފައި ވަނިކޮށް ޕާޓީގެ ރައީސް ޕާޓީން ވަކިވެ ވަޑައިގެން އެހެން ސިޔާސީ ޕާޓީއެއް ހައްދަވައިގެން އިންތިހާބުގައި ވާދަ ކުރުން ފަދަ ހުތުރު އަމަލެއް ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ޕާޓީން އިސްތިއުފާ ނުދެއްވުމުން ސާފްވެގެން ދަނީ އެމްޑީޕީއާއިއެކު އެމަނިކުފާނު ހުންނެވުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ އެމްޑީޕީން އިސްތިއުފާ ދެއްވާފައި ވާތީ އިވާ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުގައި ބެހެއްޓެވުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުގައި ނައިބް ރައީސެއްގެ ގޮތުގައި ހުންނަން ޖެހޭނީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އެހެން ކަމުން އިވާ މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަގާމުން ވަކިކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ފިކުރެއްގެ ދިރުން އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ނިމުމުން ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުންއިން ވާދަ ކުރާނެ ކެންޑިޑޭޓަކީ ރައީސް މުހައްމަދު ނަޝީދު ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިވާ އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. އީވާ ވިދާޅުވީ ރައީސް ނަޝީދު ނިންމަވާ ގޮތެއް އޭނާއަށް ވިދާޅުވާން ދަތި ކަމަށެވެ.

މީގެއިތުރުން އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާ އިއްތިހާދުވާން ޖެހިއްޖެނަމަ އެކަމަށް ވެސް ތައްޔާރު ކަމަށެވެ. ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ނަޝީދު ނިންމެވިއިރު އެމަނިކުފާނު އެމްޑީޕީން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނާއި އެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފައެވެ.

ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި :

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

މާފަންނު މެދު ދާއިރާގެ  މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު

މަޖިލީޙުގެ ނައިބް ރައީސް އިވާ ވިދާޅުވި ގޮތުގައި  އެމްޑީޕީން އެބޭފުޅުން ވަކިވެވަޑައިގަތީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާ ހިލާފަށް ޕާޓީ އާއި ސަރުކާރު ހިންގަމުންދާތީ ކަންކަން އިސްލާހުކުރުމަށް އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއްވެސް ފުރުސަތެއް ނުލިބުމުން މިނިވަންކަމާ އެކު އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: