ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހް އުޅުއްވަނީ އިންތިޚާބުގައި ހަމަނުޖެހުން އުފައްދަވަން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަުދ  ޞާލިހް އުޅުއްވަނީ އިންތިޚާބުގައި ހަމަނުޖެހުން އުފައްދަވަންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ޑިމޮކްރެޓްސްގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށާއި، ރަށްރަށަށް ދައުވަތުދީގެން އަރުވާ މީހުންގެ އަދަދާއި މި ހުރިހާ މަޢުލޫމާތަކީވެސް ހުރިހާ އިދާރާތަކަށްވެސް އެނގޭނެ މަޢުލޫމާތުކަމަށް ވިދާޅުވިއެވެ. އަދި އެއިރެއްގައި ހުންނަ ވެރިއެއްގެ ގާތުގައި އެ މަޢުލޫމާތުތައް ކަމާއިބެހޭ އިދާރާތަކުން ހިއްސާކުރާނެކަމަށާއި އަދި މިކަން މިހެން އޮއްވައި ދެވަނަ ދައުރަކަށް ރައީސް ޞާލިހް ނުހޮވިއްޖެނަމަ، ހަމަނުޖެހުން އުފެދިދާނެކަމަށް ރައީސް ވިދާޅުވުމުން ކަންބޮޑުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެ އުޅުއްވަނީ ހަމަނުޖެހުން އުދެއްދުމަށްކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ޖާގައެއް އެމަނިކުފާނު ނުދެއްވާނެކަމުގައި ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބު ވެގެންދާނީ އިންސާފުވެރި އަމާން އޮމާން އިންތިޚާބަކަށ ްކަމުގައި ވިދާޅުވިއެވެ.

“ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިންތިޚާބުން ބަލި ކުރާނަން. އެބޭފުޅާ ބޮޑުކޮށް އަޅުގަނޑުމެން ބަލިކުރާނަން. އަޅުގަނޑުމެން ހަމަޖެހޭ އިންސާފުވެރި އިންތިޚާބެއް ބާއްވާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަންނަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވަމުންނެެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 88%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: