ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ވިހާ ކުދިންނަށް ސާލިހުގެ ނަމުން ނަން ދޭން ވެސް ރައްޔިތުން މިހާރު ބޭނުމެއް ނުވޭ: މަލީހު

ރައީސް ސޯލިހާއި، މަލީހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަބަބުން، އަލަށް ވިހާ ކުދިންނަށް “ސާލިހު” ނަމުން ނަން ދިނުން ވެސް އާއްމުން ހުއްޓާލާފައިވާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ކޮމިއުނިކޭޝަންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް މަގާމުން ވަކި ކުރި މަލީހު ގެންދަވަނީ އެމްޑީޕީއާއި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މަގާމުން ވަކި ކުރުމުން، އިދިކޮޅު ޕީޕީއެމާއި އެކު މަސައްކަތް ކުރައްވާ މަލީހު ވިދާޅުވީ ސާލިހަކީ ދިވެހިންނަށް މީގެ ކުރިން ވަރަށް ރީތި ނަމެއް ކަމަށެވެ. ނަމަވެސް މިހާރު ރައްޔިތުން އެ ނަން މަތީން ވެސް ފޫހިވެ، ދަރިންނަށް އެ ނަން ކިޔުން ހުއްޓާލާފައިވާކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، އަލަށް ވިހާ ކުދިންނަށް ސާލިހު ކިޔުން ހުއްޓާލާފައިވާ ސަބަބަކީ ދޭހަވާ މާނަ އެއްކޮށް ބަދަލުވުން ކަމަށެވެ. އަދި މިހާރު އެ ނަން ކިޔުމުން ދޭހަވަނީ ވައުދު ނުފުއްދުމާއި ގައުމަށް ގައްދާރުވުމުގެ އިތުރުން ދިވެހިވަންތަކަން ގެއްލުމާއި ވައްކަން އާންމުކުރުން އަދި ގައުމު ދަރަނިވެރިކުރުންކަމަށް އެނާ ވިދާޅުވިއެވެ.

 

މީގެ އިތުރުން މަލީހު ވަނީ ގައުމީ ދުވަހު ރައީސް އުތީމަށް ކުރެއްވި ދަތުރަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެނާ ވިދާޅުވީ ބޮޑު ތަކުރުފާނު ދުނިޔޭގައި ހުންނެވި ނަމަ، ރައީސް ސާލިހު އެ ގަނޑުވަރަށް ނުވައްދާނެކަމަށެވެ. އަދި ރައީސް ސާލިހު އުތީމަށް ޒިޔާރަތް ކުރެއްވުމަކީ އެ ރަށަށް އަނދިރި ދުވަހެއްކަމަށާއި، އެ ރަށުން މަރުހަބާ ނުކިޔުމަކީ ރަށްވެހިންގެ ޒިންމާއެއްކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ މަލީހު، ގަބޫލު ކުރައްވާ ގޮތުގައި އޭނާ މަގާމުން ވަކި ކުރީ މިނިސްޓްރީގެ މަސައްކަތްތައް ނުބެލެހެއްޓު، މެންޑޭޓާއި އެއްގޮތަށް މަސައްކަތް ނުކުރާތީ ނޫނެވެ. އޭނާ މަގާމުން ވަކި ކުރީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށް ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް ފާޑުވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: