ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުގެ އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި އޮތުމަކީ ސަރުކާރުން ތަފާތު ނުކުރާކަމުގެ ހެއްކެއް: ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ ފ. ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނބޫދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު، މަޝްވަރާ ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިޔަށް ގެންދިޔައީ މިއަދުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ދަރަނބޫދޫ ކައުންސިލް މެންބަރުން ވަނީ ކުޑަ ރަށެށް، ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްގީ ހޯއްދަވައިދެއްވުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވާފަ އެވެ. އަދި ފ. އަތޮޅަށް އެކަނި ބެލި ނަމަވެސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ގާއިމްކޮށްފައިވުމަކީ ސަރުކާރުން ކުރައްވާފައިވާ މަސައްކަތުގެ ފޮނި ނަތީޖާކަމަށް ކައުންސިލު މެމްބަރުން ވިދާޅުވި އެވެ.

ދަރަނބޫދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސް ސޯލިހާއި ހިއްސާ ކުރައްވާފަ އެވެ. އެގޮތުން، ކައުންސިލު މެމްބަރުން ތަފްސީލު ދެއްވި މަޝްރޫއުތަކުގެ ތެރޭގައި ރަށުގެ ނަރުދަމާގެ ޕްރޮޖެކު ފާހަގަ ކުރި އެވެ.

ރައީސަށް ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވީ، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އިޖްތިމާއި މަރުކަޒެއްގެ ރަށަށް ބޭޏުން ވެފައިވާ މިންވަރެވެ. އަދި ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަަމަށް ކައުންސިލް މެމްބަރުން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި، ރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަން އަދި، ސިއްހީ މަރުކަޒުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސާއި ހިއްސާކުރައްވާފަ އެވެ.

ދަރަނބޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ވެސް ވަނީ އެ ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި، މާލީދަތިތައް ރައީސް ސޯލިހާއި ހިއްސާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްގީއަށް ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: