ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިމަމް ވޭޖް އިއުލާން ކުރުން މާދަމާ ހެނދުނު!

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުކަމަށްވާ މިނިމަމް ވޭޖު މާދަމާ ހެނދުނު އިއުލާނު ކުރާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާދަމާ ހެނދުނު 09:30 ގައި މިނިމަމް ވޭޖު ކަނޑައެޅުމަށް ބާއްވާ އިވެންޓް ކުރިއަށް ދާނެކަމަށެވެ. އަދި މިކަމާއި ގުޅިގެން މީޑިއާތަކާއި ބައްދަލު ކުރާނީ 11:00 ގައި ކަމަށެވެ.

ސަރުކާރަށް 3 އަހަރު ފުރެން ގާތް ވެފައި ވަނިކޮށް، ސަރުކާރުން ވެފައިވާ މި ވައުދާއި އެއްގޮތަށް މިނިމަމް ވޭޖު އިއުލާނު ކުރުމަކީ ސިވިލް ސާވެންޓުންގެ އުޖޫރައަށް ލިބިގެންދާ ހެޔޮ ބަދަލެއް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

މިނިމަމް ވޭޖް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފަހުކޮޅު ފެށިނަމަވެސް، ކޮވިޑްގެ ސަބަބުން އިގްތިސާދީ ހާލަތު ދަށްވާން ފެށުމާއެކު މިނިމަމް ވޭޖް ދިނުން ވަނީ ލަސްކޮށްފައެވެ. މިކަމާއިމެދު ސިވިލް ސާވަންޓުންނާއި އެނޫންވެސް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.

މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އަގުތަކެއް ކަނޑައެޅުމަށް ފަހު ބޯޑުން ވަނީ މިނިސްޓަރަށް ލަފަޔަށް ފޮނުވާފަ އެވެ. ބޯޑުން ކަނޑައެޅި އަގުތަކުގެ ތެރޭގައި ހިމެނެނީ ކުދި ފަންތީގެ ވިޔަފާރިތަކުގައި އަށް ގަޑިއިރު މަސައްކަތް ކުރާ މީހުންނަށް 6،000 ރުފިޔާ، ސިވިލް ސާވިސް މުވައްޒަފުން ނުވަތަ މެދު ފަންތީގެ ވިޔަފާރިތަކުގައި އަށް ގަޑިއިރު މަސައްކަތް ކުރާ މީހުންނަށް 7،000 ރުފިޔާއެވެ. އަދި މަތީ ފަންތީގެ ވިޔަފާރިތަކުގައި އަށް ގަޑިއިރު މަސައްކަތްކުރާ މީހުންނަށް 10،000 ރުފިޔާ ދިނުމަށް ވަނީ ބޯޑުން މިނިސްޓަރަށް ހުށައަޅާފަ އެވެ. މިއީ އަސާސީ މުސާރަ ނުވަތަ ބޭސިކްގެ ގޮތުގައި ދޭން ޖެހޭނެ އަދަދުތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: