ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވަންޓުންނަށް މިނިމަމް ވޭޖް އެލަވަންސްއަކުން!

މިނިމަމް ވޭޖް އެލަވަންސާ ގުޅޭގޮތުން ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 އިން ފެށިގެން ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ސަރުކާރުގެ މުވައްޒަފުންނަށް ދޭނީ އަސާސީ މުސާރައަށް އެއްވެސް އުނިއިތުރު ކުރުމެއް ނުގެނެސް، ފިކްސްޑް އެލަވެންސްއެއްގެ ގޮތުގައިކަމަށް ސިވިލް ސާވިސް ކޮމިޝަނާއި، ޕޭ ކޮމިޝަނުން ބުނެފި އެވެ.

މިފެށޭ ޖެނުއަރީގެ މުސާރައާއި އެކު، ސިވިލް ސާވިސްގެ 11،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް މިހާރުގެ މުސާރައަށް ލިބޭ އަދަދަށް ވުރެ އިތުރަށް އެވްރެޖު ގޮތެއްގައި ލިބޭނީ 1،139 ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް މީޑިއާ ބައްދަލުވުމުގައި ސީއެސްސީ އާއި، ޕޭ ކޮމިޝަން ވަނީ މިނިމަމް ވޭޖާއި އެކު މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އެ އިދާރާއިން ހިއްސާ ކުރި ޕްރެޒެންޓޭޝަނުގައި ވާ ގޮތުން:

1،500 ރުފިޔާއިން މަތީގެ އަދަދެއް އިތުރުވާނީ: 5،928 މުވައްޒަފުންނަށް

1،500 – 1،000 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނީ: 4،184 މުވައްޒަފުންނަށް

1،000 – 500 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނީ: 1،286 މުވައްޒަފުންނަށް

500 ރުފިޔާއިން ދަށް އަދަދެއް: 430 މުވައްޒަފުންނަށް

މިނިމަމް ވޭޖާއި އެކު ސިވިލް ސާވިސް ރޭންކުތަކުގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް: ސަޕޯޓް ސާވިސް

ރޭންކު 01: 

މިހާރު ލިބޭ އަދަދު: 5،083 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،000 ރުފިޔާ

ރޭންކު 02: 

މިހާރު ލިބޭ އަދަދު: 5،427 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،255 ރުފިޔާ

ރޭންކު 03:

މިހާރު ލިބޭ އަދަދު: 5،804 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،500 ރުފިޔާ

ރޭންކު 04:

މިހާރު ލިބޭ އަދަދު: 6،232 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،730 ރުފިޔާ

 

މިނިމަމް ވޭޖާއި އެކު ސިވިލް ސާވިސް ރޭންކުތަކުގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތައް: ޖެނެރަލް ސާވިސް ރޭންކު

ރޭންކު 01: 

މިހާރު ލިބޭ އަދަދު: 5،515 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،015 ރުފިޔާ

ރޭންކު 02: 

މިހާރު ލިބޭ އަދަދު: 5،920 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،220 ރުފިޔާ

ރޭންކު 03:

މިހާރު ލިބޭ އަދަދު: 6،352 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،452 ރުފިޔާ

ރޭންކު 04:

މިހާރު ލިބޭ އަދަދު: 6،896 ރުފިޔާ، ދެން ލިބޭނެ އަދަދު: 7،669 ރުފިޔާ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަނުގެ ޑިރެކްޓާރ ޖެނެރަލް މުހައްމަދު ފައިސަލް ވިދާޅުވީ، އަސާސީ މުސާރަަށް ބަދަލެއް ނުގެނެސް، މިނިމަމް ވޭޖު އެލަވެންސްއެއްގެ ގޮތުގައި ދޭން ނިންމީ މުވައްޒަފުންގެ މުސާރައިގައި ހުރި ފަރުގުތަކުގެ ސަބަބުން ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް އެކުލެވޭކަން ފާހަގަކޮށް، ފައިސަލް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ދިނުމުގެ ގަރާރުގައި ވާ ގޮތުން އެލަވެންސް ހިމެނެނީ އަސާސީ މުސާރަ އާއި ޕިކްސްޑް އެލަވަންސް އާއި އެއްކޮށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ނޭޝަނަލް ޕޭ ކޮމިޝަނުން މުސާރަތައް ހާމަނައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: