ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލެއްގެ ގޮތުގައި މުސްއަބަށް 1.1 މިލިއަން ދިނުން ހުއްޓުވުމަށް ކޯޓުގެ އަމުރެއް!

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމު އަދާ ކުރި މުއްސަބު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓު ސެކޭޓްރީއަކަށް ހުންނަވަނިކޮށް މުއްސަބު އަބްދުﷲ މަގާމުން ވަކި ކުރި މައްސަލައިގައި ބަދަލެއްގެ ގޮތުގައި ދިނުމަށް ހައިކޯޓުން ކަނޑައެޅި ފައިސާ ދިނުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

2017،  މެއި 29 ގައި މުއްސަބު ސަސްޕްންޑު ކުރީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އޭގެ ފަހުން އޭނާ މަގާމުން ވަކި ކުރުމާއި ހަމައަށް އެކި ފަހަރު މަތީން 30 ދުވަހުން، އެ މުއްދަތު އިތުރު ކުރަމުން ދިޔަ އެވެ. އެކި ފަހަރު މަތިން ސަސްޕެންޝަން އިތުރު ކުރުމަށް ފަހު، އެންމެ ފަހުން މުއްސަބު ސަސްޕެންޑުކޮށްފައި ވަނީ 2019 ސެޕްޓެމްބަރު ގަ އެވެ.

މައްސަލައިގައި މުއްސަބު ބަދަލު ހޯދައިދެން އެދި ސިވިލް ސާވިސް ކޮމިޝަނާއި ދެކޮޅަށް މައްސަލަ ހުށަހެޅި އިރު، އޭނާއާއި މެދު އަމަލު ކުރެވުނީ އިންސާފުން ނޫންކަމަށް ބުނެ މަޖިލީހުގައި ވެސް ބަހުސް ކުރެވުނެވެ. އެއީ އޭނާގެ ފަރާތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް، ފޮނުވި ސިޓީގެ މައްސަލައިގަ އެވެ.

މުއްސަބު ވަނީ އޭނާއި މެދު އަމަލު ކުރަމުން ދާ ގޮތުން މިނިވަން މުވައްސަސާސަތާކައި ބެހޭ ކޮމިޓީން ސިވިލް ސާވިސް ކޮމިޝަން ޖަވާބުދާރީކޮށްދޭން އެދޭ ކަމަށެވެ. މައްސަލައިގައި މުއްސަބު ބުނީ އޭނާއި މެދު ފިޔަވަޅު އަޅާފައި ވަނީ ވަކި ބައެއްގެ ސިޔާސީ ނުފޫޒާއި ހެދި އިންސާފުން ބޭރުން ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ އޮގަސްޓު މަހު ކުރި ހުކުމުގައި ވަނީ، މުއްސަބު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި ފައިސާ ފަސް ދުވަހުގެ ތެރޭގައި، ދެއްކުމަށް ހުކުމުގައި ވީ ނަމަވެސް އެ ފައިސާ ކޮމިޝަނުން ދައްކާފައި ނުވެ އެވެ.

ކޯޓުގެ ހުކުމުގައި ބުނީ މުވައްޒަފަކަށް މުސާރަ ލިބޭ ގޮތަށް، ނުވަތަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރުމުގެ އުސޫލުތައް ސިވިލް ސާވިސް ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅަކީ އެއީ މުވައްޒަފެއްގެ ކަރާމާތަކަށް ގެއްލުމެއް ވެދާނެކަމަށް ވާތީ އެ ފިޔަވަޅު އަޅަން ޖެހޭނީ ކޮންމެހެން އަޅަން ޖެހިގެންކަމަށް ގަވައިދުގައި ބުނާކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ. އަދި އެފަދަ ގޮތަކަށް އެންމެ ދިގު މުއްދަތަކަށް ބެހެއްޓޭނީ 30 ދުވަހުގެ މުއްދަތަކަށްކަމަށް ބުނާއިރު މުއްސަބު ޖުމްލަ 105 ދުވަހު ސަސްޕެންޝަނުގައި ބެހެއްޓިކަން އެނގެން އެބައޮތްކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.

އެހެންކަމުން މުއްސަބު މަގާމުން ސަސްޕެންޑުކޮށް އަމަލު ކުރީ ސިވިލް ސާވިސްގެ ގަވައިދާއި ހިލާފަކަމަށް ހުކުމުގައި ވެއެވެ. އަދި ހުކުމުގައި ބުނީ އެގޮތަށް އަމަލު ކުރީ ގާނޫނީ ކޮން ސަބަބެއްގެ ތެރެއިންކަން ނުވަތަ ކޮން ހުއްޖަތެއްގެ ތެރެއިންކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ވަޒީފާ އިޔާދަކޮށްދޭން މުއްސަބު އެދިފައި ނުވެ އެވެ. އޭނާ އެދުނީ މަގާމުން ވަކި ކުރީ ގޯސްކޮށްކަމަށާއި، އެކަމުގެ ބަދަލު ނަގައިދިނުމަށެވެ. އެހެންވެ ޝަރީއަތުން ނިންމެވީ މުއްސަބު ވަކި ކުރީ ގަވައިދާއި ހިލާފަށްކަމުން އޭނާއަށް އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށެވެ.

ކޯޓުގެ ހުކުމުގައި ވަނީ މުއްސަބުގެ ސަސެޕެންޝަން މުއްދަތުގައި އޭނާއަށް އިނާޔަތްތައް ހިމެނޭހެން މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 86،333 ރުފިޔާ އާއި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން އެއްބަސްވުމުގައި ވާ މުއްދަތު ހަމަވާއިރަށް ވާ މުސާރައިން 1.113 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ސީއެސްސީން މުއްސަބު މަގާމުން ވަކި ކުރީ އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް މުވައްޒަފަކު ވައްދައި، މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ނެގި މައްސަލާގައި އިހުމާލުވެފައިވާތީ އެވެ

އެ މައްސަލައިގައި 2020 ވަނަ އަހަރު މުސްއަބާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމާފައި ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މުސްއަބު މަގާމުން ވަކިކުރުމަށް ފަހު، އޭނާގެ މަގާމަށް އެހެން މީހަކު އައްޔަންކޮށްފައި ވާތީ މިހާރު ހޯދައި ދެވެން އޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ސުޕްރީމް ކޯޓުން މިއަދު ވަނީ، މުއްސަބަށް ބަދަލު ދިނުމަށް ހައިކޯޓުން ކަނޑައެޅި ފައިސާ ދިނުން މަޑުޖައްސާލުމަށް އަމުރުކޮށްފަ އެވެ. ސިވިލް ސާވިސް ކޮމިޝަނުން މައްސަލަ، އިސްތިއުނާފުކޮށް އެދުނީ އެ ކޯޓުގައި މައްސަލަ ކާމިޔާބު ކުރެވިއްޖެ ނަމަ ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ކުރުމަށް ހުރަސްއެޅި އެ ނިންމުމުގެ މަގްސަދު ހާސިލު ނުވާނެ ކަމަށެވެ.

ކޯޓުގެ ނިންމުމުގައި ވަނީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީސް ބަދަލުގެ ގޮތުގައި ދިނުމަށް ހައިކޯޓުން އެންގި ފައިސާ ދީފި ނަމަ އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: