ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިގްރީ ޓީޗަރުންގެ މުސާރައާބެހޭ މައްސަލަތައް ހައްލުކުރެވޭނީ ޕޭ ކޮމިޝަނަށް: ރަޝީދު

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ސިވިލް ސާވިސް / ކޮމިޝަންއާއި ނޭޝަނަލް ޕޭކޮމިޝަން ހާޟިރުކުރުން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިގްރީ ޓީޗަރުންގެ މުސާރައިގެ މައްސަލައިގައި ސިވިސް ސާވިސް ކޮމިޝަނަށް ގޮތް ނުނިންމޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރައާއި ގުޅިގެން ލިބިފައިވާ ޝަކުވާތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އަލަށް އެކުލަވާލެވުނު ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަކީ ނޭޝަނަލް ޕޭ ކޮމިޝަނުން ވަކި އުސޫލެއްގެ މަތިން އެކުލަވާލެވުނު އޮނިގަނޑަކަށް ވާތީ ޓީޗަރުންގެ މުސާރައިގެ ހައްލު ގެނެސްދެވޭނީ ޕޭކޮމިޝަން އަށް ކަމަށެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ވާހަކަފުޅުގައި، ޑިގްރީ ޓީޗަރުންގެ މުސާރައިގެ ކުރިއެރުން އެއް ސްކޫލެއްގައި ހުރެގެން ނުލިބޭ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެކުރިއެރުން ހޯދުމަށް ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުވާންޖެހޭ ޝަކުވާ ލިބިފައިވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރަޝީދު ވިދާޅުވީ ޓީޗަރުންގެ މުސާރައާއި ގުޅިގެން ބައެއް ޝަކުވާތައް ސިވިލް ސާވިސް ކޮމިޝަނަށްވެސް  ލިބިފައިވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ ޓީޗަރުންގެ މުސާރައާއި ގުޅިގެން ލިބުނު ޝަކުވާތަކަށް ހައްލު ހޯދުމަށް އެެޑިއުކޭޝަން މިނިސްޓްރީ އާއި އެކު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އަދި ހަމަ އެއާއެކު ނޭޝަނަލް ޕޭ ކޮމިޝަނާއި އެކު ސިވިލް ސާވިސް ކޮމިޝަނުން ބައްދަލުވުމެއް ޓީޗަރުންގެ މުސާރައާއި ގުޅިގެން ލިބުނު ޝަކުވާތައް ހައްލުކުރުމަށް ބޭއްވުނު ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އަދި ޕޭކޮމިޝަން އާއި އެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

ދެން މީގަ ނުކުންނަ އެންމެ ބޮޑު އިޝޫ އަކަށް މިއަންނަނީ ޑިޕްލޮމާގައި މިހާރު ރޭންކް 1 އިނގޭތޯ ތިއްބަވާ ޓީޗަރުން ޑިގްރީ ހެއްދެވީމަ، އެބޭފުޅުންގެ ލެވެލް 2 އަށް އެމީހުން ޕްރޮމޯޓްވާ މައްސަލަ. ދެން މީގެ ކުރީގައި އޮންނަ ސިފައެއް އެއީ. އެހެންނަމަވެސް މިފަހުން އެކުލަވާލި އޮނިގަނޑުގައި މިހިރީ ބަދަލްތަކެއް އައިސްފައި. އެހެންނަމެސް މީގައި ސްޕެސިފިކްކޮށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވެސް މައިގަނޑު ގޮތެއްގައި ނަގާ އިޝޫއަކީ ދެންމެ މުގައްރިރު ފާހަގަކުރެއްވިހެން މިނިސްޓްރީއޮފް އެޑިއުކޭޝަނުންވެސް ބޭނުންވަނީ ހަގީގަތުގައި ޑިގްރީ ފެންވަރުގެ ޓީޗަރުން ސްކޫލްތަކުގައި ތިއްބަވަން. ހަގީގަތުގައި ކުރިއަށް އޮތްތަނުގައި ލައިސަންސް ދޫކުރާއިރުވެސް ޑިގްރީ  ޓީޗަރުންނަށް ބަލައިގެން އެބޭފުޅުން ބޮޑަށް އެކަންކުރައްވާނީ. ދެން އެބަތިއްބެވި އާ ފްރޭމްވޯކަށް ބަދަލުވިފަހުން ޑިގްރީ ކޮމްޕްލީޓް ކޮށްފައިތިބި ބޭފުޅުން. އެހެންވީމަ އެބޭފުޅުންނަށް މިޖެހެނީ މިހާރު މިއޮތް އޮނިގަނޑުގައި އޮތްގޮތުން ހުރި ސްކޫލްގައި މަޑުކޮށްލަން. ދެން އެހެންނަމަވެސް އެއީ އެސްކޫލްގައި މަސައްކަތްކުރާކަމަށް ވެއްޖިއްޔާ. އެހެން ނަމަވެސް ދެންމެ ފާހަގަކުރެއްވިހެން އިއުލާނެއް ކޮށްގެން ހަމަ އެސްކޫލްގައި ހުރެގެންވެސް އެރޭންކް އެބަ ބަދަލުވެވޭ. މިސާލަކަށް އެބޭފުޅާ މިއަދު މިހުރީ ލެވެލް 1 ގައި. ދެން އެބޭފުޅާއަށް އެބައޮތް ކުޑަކޮށް އެހެންގޮތެއް ހަދާލައިގެން އެފުރުސަތު ލިބެން. އެބޭފުޅާ އިސްތިއުފާ ދެވިދާނެ. އިސްތިއުފާ ދިނީމަ މަގާމް އިއުލާން ކުރީމަ އެބޭފުޅާއަށް ޑިގްރީ މަގާމަށް އެބަ އާދެވޭ. އެހެންވީމަ އެކަހަލަ ގޮތަކަށް މިހާރު މިއޮތީ ހަމަޖެހިފައި. އެބޭފުޅާ އެހެން ސްކޫލަކުން ވެސް އިއުލާން ކުރީމަ ހަމަ ފާސްވެފައިވާނަމަ ލެވެލް 2 އަށް އެބަލެވޭ. އެއީ  މިނިސްޓްރީން އަސްލު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ކޮންސާން ތަކަކީ. އެހެންވީމަ ކީއްވެގެން ހެއްޔޭ މިގޮތަށް އޮންނައިރުގައި މީގެ ސަބަބުން މުވައްޒަފުން ވަރަށް ޑީމޯޓިވޭޓްވެސް އެބަވޭ. އިތުރަށް އަނެއްކާވެސް ޑިގްރީ ކޮމްޕްލީޓްކޮށްފައި ދެއަހަރުވަރު މަޑުކޮށްލަން ޖެހޭތީވެ.

ސައްތާރު ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑާއި އައު ފްރޭމްވޯކަށް ބަދަލުވިއިރުގައި ޑިގްރީ ނިންމާފައިވާ އެތައް ޓީޗަރުން ތިއްބެވި ކަމަށާއި އެފަރާތްތަކަށް ސެޓްފިކެޓް ލިބުނީ މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އަދި އެއީ މުސާރައިގެ އޮނިގަނޑު ބަދަލުވި ފަހުންނެވެ. އެހެންކަމުން ފަހުން ޑިގްރީ ނެގި ޓީޗަރުން އަލަށް އެކުލަވާލި އޮނިގަނޑާއި އެކު އެފަރާތްތަކަށް ފުރުސަތު ނުދެވޭ ކަމަށް ސައްތާރުގެ ވާހަކައިގައި ހާމަކުރެއްވިއެވެ.

އެބޭފުޅުންވެސް ހަމަ 2 އިޔާސް މަޑުކޮށްލަން ޖެހޭނެ. އެއަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އަޅުގަނޑުމެން ގެނައުމަށް ޕޭކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ވާނެ އަޅުގަނޑުމެން ސިޓީވެސް ފޮނުވާފަ އެގޮތަށް ތިއްބެވި ޓީޗަރުންގެ މައުލޫމާތު އަޅުގަނޑުމެންނަށް ފޯރުކޮށްދޭން އެދި. ދެން އަދި އެއަށްވެސް ހައްލެއް ގެނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕޭކޮމިޝަންއާއިވެސް މަޝްވަރާ ކޮށްގެން. ދެން މީގަ މި ނުކުންނަ މައްސަލައަކީ  އުސޫލުތައް ހެދިއިރުގައި އަޅުގަނޑުމެންނަށް އެއިރެއްގައި އޮންނަ ވިސްނުންތައް ވަކި ހިސާބަކަށް ދިޔައިމަ ތަފާތުވަނީ. ނޫނީ އެޑިއުކޭޝަން ލެވެލްގައިވެސް. އޭރުގައި އެބޭފުޅުންވެސް ބޭނުންވެގެން މިގޮތަށް ހެއްދެވީ. އެހެންނަމަވެސް ކޮންސާރން އަންނާނީ މުސާރަ ލިބޭ ފަރާތާ ހިސާބުން ދެއްތޯ.

ރަޝީދު އިތުރަށް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނެވުނު ބަދަލާއި ގުޅިގެން ގާނޫނީ ގޮތުން ސިވިލް ސާވިސް ކޮމިޝަނަށް ދިމާވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޓީޗަރުންގެ މުސާރައާއި ބެހޭ މައްސަލަތަކުގައި ބައެއްފަހަރު ކޯޓްތަކުގައި ކޮމިޝަނުން ޖަވާބްދާރީ ވާން ޖެހޭ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން ޓްރައިބިއުނަލްގައިވެސް ދަންނަވަން ދައުލަތުގެ މުސާރައާއިބެހޭ ކަންތަކުގައި ހަގީގަތުގައި ކޮމްޕްލެއިންޓްސް ކުރާ ފަރާތަކީ ޕޭކޮމިޝަންއޭ. އެހެންނަމަވެސް އަދިވެސް ގާނޫނުގައި މިއޮންނަނީ ސިވިލް ސާވިސް ކޮމިޝަނުން ވެސް ޒިންމާ ނަގަންޖެހޭގޮތަށް.

އަލަށް އެކުލަވާލެވުނު ޓީޗަރުންގެ މުސާރަައާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ ބައެއްފަހަރު ކޯޓްގައި ބައެއް މައްސަލަތަކުގައި ޓީޗަރުންގެ މުސާރައަށް ޒިންމާ ވާނެ ފަރާތް ފުށުއަރާގޮތް ދިމާވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: