ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އީ- ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް“ ތައާރަފުކޮށްފި

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް ކުރުމަށް ބޭނުންކުރަމުންދާ ސޮފްޓްވެއަރ "ސީއެސްވިއުގަ" ބޭނުންކޮށްގެން އޮންލައިންކޮށް ރެކްރޫޓްމަންޓް މަސައްކަތްކުރުމަށްޓަކައި އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް ވަޒީފާތަކަށް މުވައްޒަފުންގެ ވަޒީފާގެ މަރުހަލާތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ގާއިމުކުރި ”އީ- ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް“ ތައާރަފުކޮށްފި އެވެ.

މި ސިސްޓަމް ގާއިމްކޮށްފައި ވަނީ ސިވިލް ސާވިސްގެ މިހާރުގެ ވިއުގާކަމަށް ވާ، ސީއެސް ވިއުގާގެ ތެރޭގައެވެ.

މިހާރު ސިވިލް ސާވީސްގެ ވަޒީފާތަކަށް އިއުލާން ކުރުމާއި ހަމައިން ފެށީގެން، މަގާމަށް މީހަކު ހޮވުމުގެ މަސައްކަތްވެސް ކުރަނީ މެނުއަލްކޮށް، ކަރުދާސް ބޭނުންކޮށް ގެންނެވެ.

”އީ- ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް“ ގެ ސަބަބުން އަންނަ ބަދަލުތަކުގެ ތެރޭގައި، ވަޒީފާއަކަށް އެދި ކުރިމަތިލީ މީހާއަށް، އެކަމުގެ އަޕްޑޭޓްސް ދުވަހުން ދުވަހަށް ލިބުން ހިމެނެއެވެ.

އެހެންކަމުން ވަޒީފާގެ މަރުހަލާ ހިނގަމުންދާ ގޮތާއި، މަރުހަލާ ގޮސްފައި އޮތް ހިސާބު ސާފު ނުވާތީ، ވަޒީފާއަށް ކުރިމަތިލާ މީހުންނަށް އިދާރާތަކަށާއި ކޮމިޝަނާއެކު ކުރަން ޖެހޭ މުއާމަލާތް މަދުވާނެއެވެ. އަދި އެކަމަށް ރައްޔިތުން އުފުލަންޖެހޭ ދަތިތައް ހައްލު ވެގެންދާނެކަން ސީއެސްސީއިން ފާހަގަކުރެއެވެ.

މި ސިސްޓަމްގެ ސަބަބުން ވަޒީފާގެ މަރުހަލާގެ ތެރޭގައި ކުރެވޭ ކުށްތައް މަދުވެގެން ދާނެކަމަށް ބެލެވެއެވެ. އެގޮތުން ވަޒީފާއަށް އެންމެ ގާބިލު މީހެއް ދެނެގަތުމަށްޓަކައި ތައްޔާރުކުރެވޭ އޭ 2 ޝީޓް ކަލްކިއުލޭޝަން ހެދުމުގައި އިދާރާތަކަށް ހެދޭ ކުށްތައްވެސް މަދު ވެގެން ދާނެކަމަށް ސީއެސްސީއިން ވަނީ ބުނެފަ އެވެ. އެހެންކަމުން ވަޒީފާއަށް އެންމެ ގާބިލް މީހާ ހޮވުމުގެ ފުރުސަތު ބޮޑެވެއެވެ.

މީގެ އިތުރުން އިއުލާނުތައް ބާތިލް ކުރަންޖެހޭ މިންވަރު މަދުވާނެކަމަށް ލަފާކުރެއެވެ. ސީއެސްސީއިން މިކަން ފާހަގަކުރަނީ އީ ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއްގެ ދުރު ރާސްތާ ޕްލޭނުގައި އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ. މި މޮޑިއުލް އިތުރަށް ތަރައްގީ ކުރާނެކަމަށް ސީއެސްސީއިން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: