ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއްސަބަށް ބަދަލެއްގެ ގޮތުގައި 1.1 މިލިއަން ރުފިޔާދޭން ކުރި ހުކުމް އިސްތިއުނާފު ކުރަނީ!

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމު އަދާ ކުރި މުއްސަބު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުއްސަބް އަބްދުﷲ އަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން 1.18 މިލިއަން ރުފިޔާ ދިނުމަށް ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމައި، ކޮމިޝަނުން ބުނީ ވީހާވެސް އަވަހަށް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. މިވަގުތު ކުރިޔަށް ދަނީ އެކަމާއި ގުޅިގެން ކުރަން ޖެހޭ ގާނޫނީ މަސަައްކަތްތައް ކުރުންކަމަށް ސީއެސްސީން ބުނެފައި ވެއެވެ.

2017، މެއި 29 ގައި މުއްސަބު ސަސްޕްންޑު ކުރީ ސީއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އޭގެ ފަހުން އޭނާ މަގާމުން ވަކި ކުރުމާއި ހަމައަށް އެކި ފަހަރު މަތީން 30 ދުވަހުގެ މުއްދަތަކަށް ފަސް ފަހަރަށް ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރި އެވެ. އެހެންވެ މަގާމުން ވަކި ކުރި މައްސަލައިގައި ބަދަލު ހޯދައިދޭން އެދި އާނެ ފަރާތުން ސީއެސްސީ އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އޭގެ ކުރިން އެ މައްސަލަ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ތެރޭގައި ބަހުސް ވެސް ކުރެވުނެވެ. އެއީ މުއްސަބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ސިޓީއެއް ހުށަހެޅުމުންނެވެ. ސިޓީގައި މުއްސަބު ބުނީ އޭނާއާ މެދު އަމަލުކުރަމުން ދާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިކޮށް ސީއެސްސީ ޖަވާބުދާރީ ކޮށްދޭން އެދޭ ކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅުތަކެއް އަޅަމުން ދަނީ ވަކި ބައެއްގެ ސިޔާސީ ނުފޫޒާ ހެދި އިންސާފުން ބޭރުންކަމަށް ސިޓީގައި ބުންޏެވެ.

އެ މައްސަލައިގައި 2020 ވަނަ އަހަރު މުސްއަބާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ މަހުގެ 28 ގައި ނިންމާފައި ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މުސްއަބު މަގާމުން ވަކިކުރުމަށް ފަހު، އޭނާގެ މަގާމަށް އެހެން މީހަކު އައްޔަންކޮށްފައި ވާތީ މިހާރު ހޯދައި ދެވެން އޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށެވެ.

ކޯޓުގެ ހުކުމުގައި ބުނީ މުވައްޒަފަކަށް މުސާރަ ލިބޭ ގޮތަށް، ނުވަތަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރުމުގެ އުސޫލުތައް ސިވިލް ސާވިސް ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅަކީ އެއީ މުވައްޒަފެއްގެ ކަރާމާތަކަށް ގެއްލުމެއް ވެދާނެކަމަށް ވާތީ އެ ފިޔަވަޅު އަޅަން ޖެހޭނީ ކޮންމެހެން އަޅަން ޖެހިގެންކަމަށް ގަވައިދުގައި ބުނާކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ. އަދި އެފަދަ ގޮތަކަށް އެންމެ ދިގު މުއްދަތަކަށް ބެހެއްޓޭނީ 30 ދުވަހުގެ މުއްދަތަކަށްކަމަށް ބުނާއިރު މުއްސަބު ޖުމްލަ 105 ދުވަހު ސަސްޕެންޝަނުގައި ބެހެއްޓިކަން އެނގެން އެބައޮތްކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.

އެހެންކަމުން މުއްސަބު މަގާމުން ސަސްޕެންޑުކޮށް އަމަލު ކުރީ ސިވިލް ސާވިސްގެ ގަވައިދާއި ހިލާފަކަމަށް ހުކުމުގައި ވެއެވެ. އަދި ހުކުމުގައި ބުނީ އެގޮތަށް އަމަލު ކުރީ ގާނޫނީ ކޮން ސަބަބެއްގެ ތެރެއިންކަން ނުވަތަ ކޮން ހުއްޖަތެއްގެ ތެރެއިންކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ވަޒީފާ އިޔާދަކޮށްދޭން މުއްސަބު އެދިފައި ނުވެ އެވެ. އޭނާ އެދުނީ މަގާމުން ވަކި ކުރީ ގޯސްކޮށްކަމަށާއި، އެކަމުގެ ބަދަލު ނަގައިދިނުމަށެވެ. އެހެންވެ ޝަރީއަތުން ނިންމެވީ މުއްސަބު ވަކި ކުރީ ގަވައިދާއި ހިލާފަށްކަމުން އޭނާއަށް އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށެވެ.

ކޯޓުގެ ހުކުމުގައި ވަނީ މުއްސަބުގެ ސަސެޕެންޝަން މުއްދަތުގައި އޭނާއަށް އިނާޔަތްތައް ހިމެނޭހެން މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 86،333 ރުފިޔާ އާއި ވަޒީފާއިން ވަކި ކުރި ތާރީހުން ފެށިގެން އެއްބަސްވުމުގައި ވާ މުއްދަތު ހަމަވާއިރަށް ވާ މުސާރައިން 1.113 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ސީއެސްސީން މުއްސަބު މަގާމުން ވަކި ކުރީ އުސޫލުތަކުގެ ބޭރުން އިސްލާމިކް މިނިސްޓްރީ އަށް މުވައްޒަފަކު ވައްދައި، މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ނެގި މައްސަލާގައި އިހުމާލުވެފައިވާތީ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: