ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިމަމް ވޭޖު ކަނޑައެޅި ގޮތުގެ ސަބަބުން އިންސާނީ ވަގުފާރިއަށް މަގުފަހިވޭ: ޓްރާންސްޕޭރެންސީ

އެއްވެސް ސަލާމަތީ ފިޔަވަޅެއް ނެތި، އިމާރާތެއްގެ މަތީގައި ބިދޭސީއަކު މަސައްކަތް ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 9 ވަނަ ދުވަހު ސަރުކާރުން މިނިމަމް ވޭޖު ކަނޑައަޅާފައިވާ ގޮތުގެ ސަބަބުން އިންސާނީ ވަގުފާރީގެ މައްސަލަތައް އިތުރުވާނެ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިގޮތަށް ބުނެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ މިނިމަމް ވޭޖު ދިނުމުގައި ބިދޭސީ މަސައްކަތްތެރީން ނުހިމެނޭތީއެވެ.

ޓްރާންސްޕޭރެންސީ އިން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި މިނިމަމް ވޭޖު ކަނޑައެޅި އިރު، ބިދޭސީ މަސައްކަތްތެރީން ނުހިމަނާކަމީ ބިދޭސީ މަސައްކަތްތެރީންނަށް ވެވޭ ބޭއިންސާފެއްކަމަށެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެކަމަށް ޓްރާންސްޕޭރެންސީ އިން ގަބޫލުކުރެއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި ގޮތް ދިރާސާ ކުރުމަށްފަހު ދީފައިވާ ލަފާއާއިއެކު ކަނޑައެޅިގެން ދިޔަ މިނިމަމް ވޭޖަކީ ގައުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއް ޝާމިލުކޮށްގެން ދޭންޖެހޭ އެއްޗެއްކަމަށް ޓްރާންސްޕޭރަންސީ އިން ބުނެފައިވެއެވެ. އަދި ހަމައެއާއިއެކު، މިނިމަމް ވޭޖު ދިނުމުގައި މަސައްކަތްތެރިން އިގްތިސޯދީގޮތުން ބައިވެރިކޮށް، އެމީހުންގެ އިޖްތިމާއީ ރައްކާތެރިކަން ޔަގީން ކުރެވެން ޖެހޭނެ ކަމަށްވެސް ޓްރާންސްޕޭރެންސީ އިން ބުނެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ގަވާއިދުތަކާއި ގަނޫނުތައް ތަންފީޒުކޮށްފައިވަނީ ހުރިހާ އެންމެންނަށްވެސް ހަމަހަމަކޮށް އެއްވަރަށްވުމާއި އެކު މިނިމަމް ވޭޖު ކަނޑައެޅުމުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މަސައްކަތްތެރީން އެކުލަވަން ޖެހޭކަމަށް ޓްރާންސްޕޭރެންސީ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ޓްރާންސްޕޭރެންސީ އިން ބުނާ ގޮތުގައި މިނިމަމް ވޭޖު ކަނޑައެޅުމުގެ އެންމެ މައިގަނޑު މަގްސަދަކީ މަސައްކަތްތެރީން މަސައްކަތް ކުރާ ގައުމުގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަސްކޮށް ދިނުން ކަމަށް ވީއިރު، ދިވެހިރާއްޖޭގައި މިނިމަމް ވޭޖު ކަނޑައެޅުމުގައި ބިދޭސީންނަށް ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށެވެ.

މިނިމަމް ވޭޖާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ޓްރާންސްޕޭރެންސީ އިން ނެރުނު ނޫސް ބަޔާނުގައި އެ ޖަމްއިއްޔާގެ އިތުރުން  އިތުރު 4 ފަރާތަކުން ނޫސް ބަޔާނުގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މިޝަން ފޯ މައިގްރޭންޓްސް ވޯކަރސް މޯލްޑިވްސް، މޮލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިމެނެއެވެ.

މީގެ ކުރިންވެސް ޓްރާންސްޕޭރެންސީ އިން ވަނީ ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމަށް އެކި ފަހަރު މަތިން އަޑު އުފުލައި، ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: