ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންނަށް ގާނޫނުން ކަށަވަރު ނުވި ހައްގު، ޒިންމާވާނެ މީހެއްވެސް ނެތް!

އިމާރާތްކުރަމުންދާ ސައިޓެއްގައި މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: މޯލްޑިވްސް ޓުޑޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަމެއް ހިނގައިފިކަން ގައުމުގެ ރައްޔިތުންނަށް އެނގެނީ މީޑިއާތައް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ނަމަވެސް މީޑިއާތަކުން ރިޕޯޓުނުކުރާ، ކޮންމެވެެސް ސަބަބަކާއިހުރެ މީޑިއާތަކުގެ ސަމާލުކަމަށް ނާންނަ ކަންތައްތައް ހުރެއެވެ. އަދި ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނާންނަ ކަންތައްތައްވެސް ހުރެއެވެ. އެގޮތުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުނުވުމުގެ ސަބަބުން ލިބޭ އެކި ވަރުގެ ގެއްލުތަށް ފާހަގަކުރެވެއެވެ.

އެތައް ބައެއްގެ ސަމާލުކަމަށް އައި ބޮޑެތި ކަންކަމަށް ބަލާއިރު، މާފަންނުގައި ހުރި ވެހިކަލް މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި

މިފަދަ ވާހަކަތައް ދައްކާއިރު، 2018 ވަނަ އަހަރު ބިދޭސީ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހާދިސާ އަބަދުވެސް ހަނދާނަން އަންނާނެކަން ޔަގީނެވެ.

އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލިންޑަރުތަކެއް ގޮވާ ހިިނގި ހާދިސާގައި ފިއްކަޑައިގެން ދާވަރުގެ ގެއްލުތަކަކާއިއެކު މަރުވި ދެ ބިދޭސީންގެ ހާދިސާއާއި، ހދ ކުޅުދުއްފުށީ އެއާޕޯޓުގައިވެސް ސިލިންޑަރެއް ގޮވި ހާދިސާއެއް ވަނީ ދާދި ފަހުން ހިނގާފައެވެ.

މަގުހެދުމުގެ މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންތަކެއްގެ ބޮލަށް ފާރެއް ވެއްޓި ޒަހަމްވުމާއި، މީގެ އިތުރުންވެސް އެތައް ގެއްލުންތަކަކާއި ކުރިމަތިލާން ޖެހުނު މީހުން ތިބޭނެއެވެ. އިނގިއްޔެއް ނުވަތަ އަތެއް ފަޔެއް ބިންދައިގެން ގޮސްދާނެއެވެ. ތަނަކުން ވެއްޓިދާނެއެވެ. އެއްޗަކުން ޖެހިދާނެއެވެ. މިއީ ވަކި ދާއިރާއެއްގައި މަސައްކަތް ކުރާ މީހުންނާއި ކުރިމަތިލާންޖެހޭ ކަމެއް ނޫނެވެ. އިންޑަސްޓްރިއަލް އަދި ބަރު ތަކެތި އުފުއްލުމުގެ މަސައްކަތް ކުރާ މީހުން ނޫން ނަށްވެސް މިކަންކަމާއި ކުރިމަތިލާންޖެހެއެވެ. މަސް ދޯންޏެއްގައި މަސައްކަތްކުރާ މީހަކު ނުވަތަ ފިހާރައެއްގެ ކޭޝިއަރކަމުގައި މަސައްކަތްކުރާ މީހެއް ނަމަވެސް މިއީ ހަމަ ކުރިމަތިލާންޖެހޭ ކަންކަމެވެ.

މިކަމަށް އޮތް ހައްލަކީ އަދި ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯއެވެ؟ މިފަދަ އެތައް ހާދިސާއެއް ތަކުރާރުކޮށް ހިނގާއިރު، ހުއްޓުމަކަށް ނައިސް ނުވަތަ ކުޑަވެސް ހައްލެއް ނައިސް އޮތީ ކީއްވެގެންތޯއެވެ؟

މިކަންކަން މަދުކުރުމަށްޓަކައި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މުވައްޒަފުން ސަމާލުވެ، ފަރުވާތެރިވީ ނަމަވެސް ދިވެހިރާއްޖޭގައި “އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ” ގާނޫނެއް ނެތުމަކީ މިފަދަ ކަންކަން ތަކުރާރުވުމުގެ ސަބަބޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ.

މިފަދަ ކަމެއް ހިނގުމުން ރިޕޯޓް ކުރާނީ ކިހިނެއްކަމެއް، ޒިންމާވާން ޖެހެނީ ކާކުމެއް ނޭނގެއެވެ. ހައްގު ކަށަވަރުކޮށްދީ، އިންސާފު ހޯދައިދޭންޖެހޭނީ ކޮން ވުޒާރާއަކުން، ކޮން އިދާރާއަކުން ނުވަތަ މުއައްސަސާއަކުންކަމެއް ނޭނގެއެވެ. ކުށްވެރިކުރަންވީ ވަކި މީހަކުވެސް ސީދާ ނޭނގެއެވެ. ކަމެއް ދިމާވުމުގެ ކުރިން ޕްރިވެންޝަން ނުވަތަ ރައްކާތެރިކަމުގެ ގޮތުން އަޅާފައި ހުންނަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަމެއްވެސް ސާފު ގޮތެއްގައި އިނގޭކަން ނެތެވެ. ގެއްލުމުގެ ބަދަލު ހޯދުމަށް ދާންވީ ކޮންތާކަށް، ކާކު ކައިރިއަކަށްކަމެއްވެސް ނޭނގެއެވެ. މި ގާނޫނު ނެތުމުގެ ސަބަބުން މަސައްކަތްކުރާ މާހައުލަކީ ސިއްހީ، ނަފްސާނީ އަދި ޖިސްމާނީގޮތުން ވެސް ރައްކާތެރި ތަނަކަށް ހެދުމެއްވެސް ގާނޫނަކުން ލާޒިމެއް ނުވެއެވެ. އެހެންކަމުން އެކަން ކަށަވަރުވެފައި ނެތް ހާލަތެއްގައިވެސް އެޅޭނެ ފިޔަވަޅެއް ނޯވެއެވެ.

“އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ” ގާނޫނެއް ރާއްޖޭގައި އެކުލަވާލެވިފައި އޮތްނަމަ މި ސުވާލުތަކުގެ ޖަވާބު އެ ގާނޫނު މެދުވެރިކޮށް ލިބޭނެއެވެ. މަސައްކަތްތެރިން ރައްކާކޮށްދޭ ހާއްސަ ސިޔާސަތެއް އޮންނާނެއެވެ. މައްސަލައަކީ ކޮބައިކަން ސާފުވެ، އިންސާފަށް ވާސިލްވުމަށް މަގުފަހިވާނެއެވެ. ކޮންމެ ދާއިރާއެއްގެ ނުވަތަ ކޮންމެ އޮފީހެއްގައި ކޮންމެ މަސައްކަތެއް ކުރާ މީހަކަށް ނަމަވެސް މި ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބޭއިރު، މި ގާނޫނު ނެތުމުގެ ސަބަބުން ހުރިހާ މަސައްކަތްތެރިން ހުށައެޅިފައިވަނީ މަރުގެ ތުންފަތް މައްޗަށެވެ.

އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ޤާނޫނު މުރާޖަޢާކުރުމަކީ އަންނަ އޮތް ސަރުކާރުގެ ވައުދެއްކަމަށްވާއިރު، މި ބިލު މިހާރު އޮތީ މަޖިލީހުގައެވެ. ނަމަވެސް ތަފާތު އެކި ސިޔާސީ ސަބަބުތަކުގެ ސަބަބުން އަދި މި ބިލު އޮތީ ބަހުސް މަރުހަލާގައި ތާށިވެފައެވެ. މަސަކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދިނުމާއި އިންސްޕެކްޓަރުންނަށް މަސައްކަތް ކުރާ ސައިޓުތައް ބަލާ ފާސް ކުރުމަށް ކޯޓު އަމުރަށް އެދެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށައަޅާ ފާސްކުރިއެވެ. އަދިވެސް ގާނޫނެއްގެ ސިފައެއް ނުޖެހެއެވެ.

ފެހި ގާނޫނު އަސާސީއަށް 15 އަހަރުވެގެންދިޔައިރު، އެތައް ހާސް މަސައްކަތްތެރިންގެ ހައްގު ކަށަވަރުކޮށްދޭނެ، އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުވެސް ސާފުކޮށް ކަނޑައެޅިގެން އެނގެން ހުރި މި ބިލު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އޮތް، މަޖިލީހުން ފާސްކުރެވިފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އުއްމީދަކީ ހިތާމަވެރި ހާދިސާއެއް ނުހިނގުން ނަމަވެސް، ދުރާލާ ފިޔަވަޅުތައް އަޅާ ރައްކާތެރިވުމަކީ ކުރާ އުއްމީދަކަށްވުރެ މުހިންމުކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: