ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިތަކަށް ލުއި ދެވޭނީ ސަރުކާރުގެ އެފެންވަރު ހުރެގެން: މިނިސްޓަރ ފައްޔާޒް

ރާއްޖެގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިމަމް ވޭޖު ކަނޑައެޅުމުގެ ސަބަބުން ވިޔަފާރިތަކަކަށް ގެއްލުންލިބޭނެ ކަމަށް ބެލެވޭ އިރު، މިފަދަ ވިޔަފާރިތަކަށް ސަރުކަރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނީ ސަރުކާރުގެ އެފެންވަރު ހުރެގެން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފައްޔާޒް ވިދާޅުވީ ކޮވިޑުގެ ދުވަސްވަރުގައި ވިޔަފާރިތަކަށް ގެއްލުންތައް ވުމާއިއެކު، އެކަމަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައި ދިން ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖު ކަނޑައެޅިގެންދާއިރު، ކުދި ވިޔަފާރިތަކުގެ އިތުރުން ގިނަ ވިޔަފާރިވެރިންނަށް ގެއްލުން ކުރިމަތިލާންޖެހޭނެ ކަމަށާއި އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަން ފައްޔާޒް ވަނީ އިލްތިމާސްކުރައްވާފައެވެ.  އެހެންނަމަވެސް، ސަރުކާރަށް އެެކަމަށް ހައްލު ހޯދައި ދެވޭނީ ސަރުކާރުގެ އެވަރު ފެންވަރު ހުރެގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ދިވެހި އިގްތިސޯދުގައި ކޮންމެ ދައުރެއް އަދާ ކުރާ ފަރާތަކަށް ގޮންޖެހުންތަކަކާއި ދިމާވުމާއިއެކު، ސަރުކާރުން އެކަމަކަށް ހައްލު ހޯދައިދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ އިގްތިސޯދު ހަލާކުވެގެން ދިޔަ ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކުގެ ހާލަތާއި އަޅާ ބަލާއިރު ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހާލަތު ރަނގަޅު ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ވިޔަފާރިތައް ސަލާމާތްކުރެވޭނެ ފެންވަރު ސަރުކާރުގެ ނެތްކަމަށް ފައްޔާޒް ވިދާޅުވާ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، ސަރުކާރުން މާ ބޮޑު އަދަދެއް ރައްކާނުކުރުުމުގެ ސަބަބުން، މިފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ ރިޒަރވް ކުރެވިފައިނުވާތީ ކަމަށެވެ. މިކަމުގެ ސަބަބުން މިނިމަމް ވޭޖު ކަނޑައެޅުމަކީ ރާއްޖޭގެ ދަރަނި ބޮޑު ވެގެންދާނެ ކަމެއް ކަމަށްވެސް ފައްޔާޒް ލަފާކުރެއްވިއެވެ.

ވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ފައްޔާޒް ވަނީ، އާންމު ކަމެއްގައި ވިޔަފާރިއެއް ބަނގުރޫޓުވިޔަސް ސަރުކާރުން އެކަމުގެ ތެރެއަށް ނުވަންނާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އެއިން ވިޔަފާރިއެއް ނެތިގެންދަނީ ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުން ކަމަށްވާނަމަ ސަރުކާރުން އެސިޔާސަތުތައް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ސަރުކާރުން ވިޔަފާރިތައް ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅާނެ ކަމަށާއި އެއީ ވަކި ވިޔަފާރިއެއްގެ ކުރިމަގަށްޓަކަައި ކުރެވޭ ކަމެއްނޫން ކަމަށްވެސް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: