ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިން ޕޯޓަލް ގެ އިތުރުން ޖޮބް ސެންޓަރުތައް ގާއިމުކުރާނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ---- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ވަޒީފާގެ މާހައުލު އޮތް ހާލަތު ރަނގަޅުކުރުމަށްޓަކައި ގާއިމުކޮށްފައިވާ އޮންލައިން ޖޮބް ޕޯޓަލް ގެ އިތުރުން، ޖޮބް ސެންޓަރު ތަކެއް ތައާރަފް ކުރެވިގެންދާނެ ކަމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖު ކަނޑައެޅުމުގެ ގޮތުން ކުރިއަށް ގެންދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި މަހު ނުވަތަ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެންމެ މައި ޖޮބް ސެންޓަރ ގެ ގޮތުގައި ސެންޓަރެއް ހުޅުމާލޭގައި ގާއިމުކުރެވޭނެކަމަށެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވި ގޮތުގައި މި ސެންޓަރުން ފިޒިކަލީ ހިދުމަތް ލިބިގެން ދާނެކަމަށާއި އެހެނިހެން އެހީތަރިކަން ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ވަޒީފާ ދޭން ބޭނުންވާ ފަރާތްތަކަށް މިސެންޓަރު ތަކުން އެހީތެރިކަން ލިބިގެންއދާނެ ކަމަށް ވެސް ފައްޔާޒަ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީ އިން ދަނީ އުތުރުގެ ރަށެއްކަމަށްވާ ދުވާފަރުގެ އިތުުރުން ދެކުނުގެ ރަށެއްކަމަށްވާ ލާމު ގަމުގައި ޖޮބް ސެންޓަރެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.

ރަށްތަކުގައި ސެންޓަރުތައް ގާއިމުކުރުމުގެ އިތުރުން ކޮންމެ ރަށެއްގެ ކައުންސިލުގައި ޖޮބް ސެންޓަރާއި ބެހޭ ޑެސްކެއް ގާއިމުކުރެވި، ކައުންސިލުގެ ތެރެއިން މި ޑެސްކާއި ހަވާލުވެ ހުންނާނެ ފަރާތެއް އައްޔަން މިނިސްޓްރީގެ ވިސްނުންފުޅު ހުރިވާހަކަ މިނިސްޓަރ ވިދާޅުވިއެވެ. މިމަުގެ ބޭނުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ކައުނސްިލުގެ ތެރެއިން މިކަން ބަލަހައްޓައި ރަށުގައިވާ ވަޒީފާ ނުލިބިފައިވާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން މިކުރާ މަސައްކަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކާއި އެކު، ރާއްޖޭގައި އޮތް ވަޒީފާގެ ދަތިކަން ކުޑަވެ ފަހި ނަަތީޖާއެއް ނެރޭވެނެ ކަމަށް މިނިސްޓަރ ގަބޫލުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: