ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚަތިމަށް ރަތްކުޅު ޖެހި މީހާ ދިފާއު ނުކޮށް، އަދަބުދީ: އިދިކޮޅު

ހަތިމަށްކުޅޫ ޖެހުމުން އާންމުން އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތަށް ކުޑަކަމުދިއުމުގެ ސަބަބުން ހައްޔަރު ކުރި މީހާ، މިސްކިތަކަށް ވަދެ ހަތިމަށް ކުޅު ޖެހުމުން ވެސް ބައެއް މީހުން އޭނާ ދިފާއުކޮށް ވާހަކަ ދައްކާތީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނުރުހުން ފާޅުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހަސަން ޒިޔާދު ކިޔާ މީހެއް ހައްޔަރު ކުރީ މާލޭގެ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެ، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމުދިޔަ މައްސަލައެއްގަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ބަންދު ނުޖަހައި ދޫކޮށްލީ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ބުނެ އެވެ.

ފުލުހުން ޒިޔާދު ދޫކޮށްލި ފަހުން ވެސް މަގުމަތީގައި އަންހެން ކުދިންނަށް ފުރައްސާރަ ކުރާކަމުގެ ޝަކުވާތަކެއް ފެންމަތިވި އެވެ. އޭގެ ފަހުން އޭނާ އިތުރު މިސްކިތެއްގެ ތެރެއަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން އާއްމުން އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލު ކުރި އެވެ.

އޭނާގެ ބަންދާއި މެދު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައި ނުވާއިރު ޖެންޑާރ މިނިސްޓްރީން ބުނީ، ޒިޔާދަކީ ނަފްސާނީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫންކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ޒިޔާދު ދިފާއު ކުރުމަށް ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރާކަމަށް ބުނެފަ އެވެ. އިދިކޮޅުން އެ ތުހުމަތުތައް ސަރުކާރަށް އަމާޒުކޮށް ބުނީ، ޒިޔާދު ސަލާމަތް ކުރުމަށް ކުރަމުންދާ މަަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި ވަނީ މިސްކިތުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި އޭނާއަށް އަދަބު ދިނުމަށް ގޮވާލާފަ އެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވަނީ ދީނަށް ފުރައްސާރަކޮށް މާތްﷲ ގެ ކަލާންފުޅަށް ކުޅު ޖަހައި ހެދި މީހެއްގެ ދިފާއުގައި ތަފާތު ވާހަކަތައް ދެއްކުމުގެ ބަދަލުގައި، އެ މީހާ މިހާރުން މިހާރަށް ހައްޔަރުކޮށް ގާނޫނުތަކުން ކަނޑައަޅާފައިވާ އަދަބު ދިނުމަށް ގޮވާލާކަމަށެވެ.

މީގެ އިތުރުން އޭނާއަކީ އެއްވެސް ކަހަލަ ނަފްސާނީ ބަައްޔެއް ހުރި މީހަކަށް ނުވާއިރު އޭނާއަކީ ނަފްސާނީ ބަލި ހުރި މީހެއްކަމުގައި ދައްކައި މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރި ހުރުންވެސް އިދިކޮޅުން ކުށްވެރި ކުރި އެވެ.

މިސްކިތަށް ކުޑަކަމުދިޔަ މައްސަލައިގައި ޒިޔާދުއަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

މައްސަލައިގައި މީޑީއާތަކުން ތަކުރާރުކޮށް ފުލުހުންނާއި ސުވާލު ކުރަން ފެށުމުން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ، މުޖްތަމައުގައި ވަކި ހައްގުތަކާއި ރައްކާތެރިކަން ގާނޫނަކުން ކަށަވަރުކޮށްދީފަައިވާ ބަޔަކަށް ނިސްބަތްކޮށް މުހާތަބު ކުރުމުގެ ފުރުސަތެއް އެ ގްރޫޕުގައި ތިބި ނޫސްވެރިންނަށް ނުދޭނެ ކަމަށެވެ. ނޫސްވެރިން އެ ދުވަހު ފުލުހުންނާއި ސުވާލު އަމާޒު ކުރީ، އިސްލާމް ދީނަށް ކުޑައިމީސްކޮށް ހިތާ މީހުންނަށް ހިމާޔަތްދޭ ސަބަބާއި ގުޅޭގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: