ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ މައްސަލައިގައި ޒެނީޝާ އާއި ބަޝީރުއަށް ދައުވާ ނުކުރާނެ!

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އިން ނިންމައިފި އެވެ.

ޖުމްލަ 30 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ހުށަހަޅާފައިވާ އެ މައްސަލައިގައި ހިޔާގެ އިސް ބައެއް މުވައްޒަފުންނާއި، ފުލުހުން ހިމެނެ އެވެ. މި މައްސަލައިގައި ޕީޖީން ދައުވާ އުފުލީ 13 މީހެއްގެ މައްޗަށެވެ. ފުލުހުންގެ މައްޗަށް އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ. ދައުވާތައް ސާބިތުވެއްޖެ ނަމަ، އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ ދައުވާ އުފުލީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގައި، ގަވާއިދާ ހިލާފަށް ބިޑިއަޅުވައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ކަމަށެވެ. އެ ކުދިންނަކީ ދައުލަތުން ހާއްސަ ހިމާޔަތެއް ދޭންޖެހޭ ބައެއް ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

ހިޔާގައި ހިނގި މި މައްސަލައަކީ، މަލޭއިން ބޭރަށް އުމުރުން 13 އަހަރުން މަތީގެ ކުދިން ގެންދަނިކޮށް ލޯންޗުގެ ތެރެއިން އެ ކުދިންގެ ކޮންޓްރޯލް ނެއްޓުމުން ބިޑި އެޅުވިކަމަށް ބުނާ ހާދިސާ އެކެވެ. ރޭގެނޑު ވަގުތެއްގައި ކުރި އެ ދަތުރުގެ ތެރެއިން، ކުދިން ބޭނުންވީ މާލެ އެނބުރި އަންނަންކަމަށާއި ކަނޑުމަތީގައި އަޑުގަދަ ކުރަން ފެށުމުން އެ ކުދިން ކޮންޓްރޯލް ކުރުމަށް ކުޑަ ވަގުތުކޮޅަކަށް ބިޑި އެޅުވީކަމަށް ތުހުމަތުވާ ފުލުހުން ބުނެ އެވެ.

އެޗްއާރުސީއެމުން މައްސަލަ ހުށަހެޅުމުން، ޒެނީޝާ ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތާއި ހިލާފު ތުހުމަތުތަކެއް ކަމަށެވެ. ޖިނާއީ އެއްވެސް ކުށެއްގައި ބައިވެރިވެފައި ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ޒެނީޝާ ވިދާޅުވީ، އެޗްއާރުސީއެމްއިން ކުރާ ތުހުމަތުތަކަކީ ޒާތީ ތަޢައްސުބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެއް ކަމަށެވެ.

ޒެނީޝާ ވިދާޅުވީ މިއީ ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުންހިފައި ހިންގުވާފައިވާ، ގާނޫނީ ހަމަތަކާއި ކަނޑައެޅިގެން ހިލާފު ހަރަކާތެއްކަން ސާބިތުވެގެން ދާނެކަމާއި މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: