ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ މައްސަލައިގައި ފުލުހުން: “އަމަލުކުރީ ގަވާއިދާއި އެއްގޮތަށް، ގާނޫނީ އިމުން ބޭރު ނުވަން”!

ކުޑަކުދިންގެ ހިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގައި ދިޔަ ހަމަ ނުޖެހުމުގައި އަމަލުކުރީ ގަވާއިދާއި އެއްގޮތަށް ކަމަށް މޮލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއްގެ ބިޑިއަޅުވައި އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި 13 ފުލުހެއްގެ މައްޗަށް ދައުވާކޮށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. ޕީޖީއަށް މައްސަލަ ފޮނުވައި އެޗްއާރުސީއެމްއިން އެދުނީ އޭރުގެ ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި އެފްސީޕީޑީގެ ހެޑް، މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހަކަށް ދައުވާ ކޮށްދިނުމަށެވެ. އެކަމަކު ޒެނީޝާ އާއި ބަޝީރުގެ  މައްޗަށް ނުކުރީ އެކަށީގެންވާ ހެކި ނެތުމުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި އެޗްއާރުސީއެމްއިން މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ދީފައި ނުވެ އެވެ.

މައްސަލައިގައި ބަޔާނެއް އާއްމުކޮށް ފުލުހުން ބުނީ 2017 ވަނަ އަހަރު ކތުލުސްދޫގައި ހިންގި ކޭންޕްގައި ފުލުހުންގެ ފަރާތުން ކުދިންތަކަކަަށް އަނިޔާވި މައްސަލައެއްގައި 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ފޮނުވާފައިވާކަން އެޗްއާރުސީއެމްއިން އެންގީ މިދިޔަ އޮކްޓޯބަރު މަހު ކަމަށެވެ.

އެ ދަތުރުގައި ބައިވެރިވި ކުދިން ހަމަނުޖެހުން އުފައްދަން ފެށުމުން، ކޮންޓްރޯލް ކުރުމަށް އެ ކުދިންގެ އަތުގައި ބިޑި އަޅުވާފައިވުމާއި ބާރަށް ހަޅޭލަވާފައިވާކަމަށް ބުނާ އެ މައްސަލައިގައި 13 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިކަން ޕީޖީން އެންގީ މި މަހުގެ އެއްވަނަ ދުވަހުކަން ފުލުހުން ފާހަގަ ކުރި އެވެ. އަދި ތުހުމަތު ކުރި ފުލުހުންގެ ތެރެއިން ތިން ފުލުހަކަށް ދައުވާ ނުކުރުމަށް ނިންމިކަން އެ އެންގުމުގައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ކުދަކުދިންގެ ހިޔާގެ ކުދިންތަކަށް އަނިޔާ ލިބުނުކަމަށް ބުނެ، ނުވަތަ އެ ކޭމްޕްގައި އެ ކުދިންގެ ހައްގަށާއި އުނިކަން ލިބޭފަދަ އެއްވެސް އަމަލެއް ހިންގާފައިވާކަމުގެ ރިޕޯޓެއް މީގެ ކުރިން އެއްވެސް އިދާރާއަކުން ފުލުހަށް ހުށަހަޅާފައި ނުވާކަމަށް ފުލުހުން ބުނެ އެވެ. އަދި މިއީ ކުޑަކުދިންގެ ހިޔާގެ ކުދިން މިހާރު ވެސް ކުރަމުންދާ ދަތުރުތަކެއް ކަމަށާއި މިއީ އެހާމެ ބޭނުންތެރި ފައިދާ ލިބޭ ކޭމްޕެއް ކަމަށެވެ.

ބަޔާނުގައި ފުލުހުން ބުނީ އެ ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލް ކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލު ކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

މީގެ އިތުރުން މި ދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް އެންޓި ޓޯޗަރ ގާނޫނުގެ 13/2013 ދަށުން ދައއުވާ ކުރަން ނިންމާފައިވާ ނިންމުމަކީ އެ މުއައްސަސާއިން ކަންބޮޑުވާ ކަމެއް ކަމަށާއި މައްސަލައާއި ގުޅޭ ގޮތުން އެޗްއާރުސީއެމްއިން ތަހުގީގަށް ހޯދިފައިވާ ހޯދުންތަކާއި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު އެ މުއައްސަސާއަށް ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: