ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑާއަށް ލިބިފައިވާ ފައިސާ ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވޭ: އޮޑިޓް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑާ މިނިސްޓްރީއަށް އެކި ފަރާތްތަކުން އެހީގެ ގޮތުގައި ލިބިފައިވަ ފައިސާ މާލިއްޔަތުގެ ގަވައިދާ ޙިލާފަށް ބޭނުން ކޮށްފައިވާކަމަށް އޯޑިޓް ރިޕޯޓްތަކުން ހާމަވެއްޖެ އެވެ.

2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ދައުލަތުގެ އޮފީހެއްގެ ބޭނުމަށް ދޫކުރާ ފައިސާތައް އެ އޮފީހަކަށް ބަލައިގަނެ އެކަމުގެ ރަސީދެއް ދޫކުރަން ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ފައިސާ ލިބޭ ދުވަހު އެ ފައިސާ ޖަމާކުރަން ޖެހޭ އެކައުންޓަކަށް ޖަމާކުރަން ވާނެކަން ބަޔާން ކޮށްފައިވާއިރު 6.21 ގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ އާއި، އެއް ތަނުން އަނެއްތަނަށް ގެންގޮސް ގެނެސް ހަދަންޖެހޭ ފައިސާއާއި، އަދި ދައުލަތުގެ ހަވާލުގައި ބަހައްޓަން ޖެހޭ ފައިސާ ބަހައްޓަން ވާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ތަނެއްގައި ރައްކާ ކުރެވިފައިކަމަށް ވެއެވެ.

2019 ގެ އޮޑިޓުގައި ވަނީ ޑިސެމްބަރުގައި ރާއްޖޭގައި ހިންގަމުން އަންނަ ޖަމިއްޔާއެއްގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ވީ އެހީގެ ފައިސާ އާއި ހަވާލުވީ ނަމަވެސް 15،000 ރުފިޔާ އާއި ބެހޭ އެއްވެސް ރަސީދެއް ނެތް ކަމަށެވެ. އަދި ގަވައިދާއި އެއްގޮތަށް އެކަން ހިސާބުތަކަށް އިތުރުކޮށްފައި ނުވާކަމަށް ވެއެވެ. މި ފައިސާ ލިބުނުތާ ހަ މަސް ފަހުން، މިނިސްޓްރީގެ މުވައްޒަފެއްގެ އެކައުންޓަަށް ފައިސާ ޖަމާވެފައިވާކަން ރިޕޯޓުން ދައްކަ އެވެ. އަދި މި ވިޔަފާރިއަކީ ދައުލަތުގެ މާލިއްޔާތުގެ ޤަވައިދުގައި ބަޔަންކޮށްފައިވާ ގޮތުގެމަތިން ނަގަންޖެހޭ ހުއްދަ ނެތި ކޮށްފައިވާ ވިޔަފާރިއެއްކަންވެސް އޯޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ރިޕޯޓްގައި ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި މަރުކަޒުތަކަށް ހަދިޔާ ދިނުން އަދި ފައިސާ ބަލައިގަނެވޭނީ އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަ ކުރުމަށް ފަހުގައިކަމަށެވެ. އެހެންވެ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގާފައިވާ މި އަމަލުގެ މައްސަލަ ބެލުމަށް “މަލިއްޔާތުގެ މައްސަލަ ބަލާ ކޮމިޓީ” އަށް ހުށައެޅުމަށާއި، މިކަމުގައި އިހުމާލުވި މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރްއެމްޑީ ކޮމިޓީއަށްވެސް ހުށައެޅުމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: