ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ނައްތާލައިފި

ކަސްޓަމްގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ނައްތާލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްގެ ގެ ބެލުމުގެ ދަށުގައި ހުރި މިތަކެތި ނައްތާލައިފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 އަދި 9 ވަނަ ދުވަހުއެވެ. މި ތަކެތި ނައްތާލައިފައިވަނީ ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައެވެ.

ކަސްޓަމުން ހާމަކޮށްފައިވާ ގޮތުގައި ނައްތާލެވުނު ތަކެތީގެ ލިސްޓްގެ ތެރޭގައި 4،142 ބަނގުރާ ފުޅި، 717 ބިޔަރު ދަޅު، 37،750 ސިގިރެޓު/ބިޑި ސްޓިކް ގެ އިތުރުން ބަނގުރާ އަދި ބިޔަރު ހުސްވީ 523 ފުޅި ހިމެނެއެވެ. އަދި ހަމައެއާއިއެކު 7.3 ކިލޯގްރާމް ދުންފަތާއި ޖުވޭކުޅޭ ސާމާނު، ފުދު ފަދަ ތަކެތީގެ 173 އައިޓެމް ހިމެނެއެވެ.

މިހުރިހާ ތަކެއްޗަކީ ކަސްޓަމްގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލާފައިވާ ތަކެއްޗެވެ.

އެކި ސަބަބުތަކާ ހުރެ ކަސްޓަމްގައި ހިފަހައްޓާފައިވާ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވޭނެ ކަމަށް ކަސްޓަމްގެ އާއްމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: