ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހުގެ ހިދުމަތާއި ބެހޭ ގަވައިދު: ކެމެރާ ހަރުކޮށް، ހަ މަހުގެ އާކައިވް ރައްކާ ކުރަން މަޖުބޫރު!

މާލެއާއި ހުޅުމާލެ. ހުޅުމާލެ ފޭސް ދޭއެއް އާއި ދެމެދު ބަހުގެ ހިދުމަތްތައް ކުރޭ އަދި އެއާޕޯޓަށް ވެސް ބަސް ދަރުރުތައް ކުރޭ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަހުގެ ހިދުމަތް ހޯދާ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ބަހުގެ އެތެރެ ފެންނަހެން ކެމެރާ ހަރުކޮށް، ހަ މަސް ދުވަހުގެ އާކައިވްއެއް ރައްކާ ކުރަން މަޖުބޫރުކޮށްފި އެވެ.

މިއީ ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ހިދުމަތެއްގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގައި އަމަލު ކުރެވޭނެ އުސޫލު ބަޔާންކޮށްފައިވާ ގަވާއިދެވެ. އަދި ގަވައިދުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ސަރަޙައްދުތަކުގައި ކަނޑައެޅިފައިވާ އެއް ގަވާއިދެއްގެ ދަށުން، ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެއްސުމާއި އާންމު ދަތުރުފަތުރުގެ ގޮތުގައި ކުރެވޭ ބަހުގެ ދަތުރަކީ ފަސިންޖަރުންނަށް ރައްކައުތެރި އަމާން ދަތުރަކަށް ހެދުން އަދި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ލިބިގަންނަ ފަސިންޖަރުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ މަސްލަހަތު ރައްކައުތެރިކުރުމުގެ އިތުރުން އާންމު ހިދުމަތެއްގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގައި ބައިވެރިވާ އެކި ފަރާތްތަކުގެ ޒިންމާއާއި ވާޖިބުތައް ކަނޑައެޅުމެވެ.

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވައިދު ގެޒެޓު ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. ގަވައިދު ބުނާ ގޮތުން ބަހުގެ ހިދުމަތް ދެވޭނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވާ ސަރަޙައްދުތަކުގައެވެ. އެ ހުއްދަ ދޭން ޖެހޭނީ ލިޔުމެއް މެދުވެރިކޮށެވެ. އަދި އެ ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ދިނުމަށް، ހިދުމަތް ދޭ ފަރާތަށް އެކަމުގެ ލައިސަންސް ދޭނީ، އެ ސަރަހައްދެއްގައި ބަހުގެ ހިދުމަތް ދިނުމާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސްއޫލިއްޔަތު މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހަވާލުކޮށްފައިވާ، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.

ބަސްތައް ވަކި ކެޓަގަރީތަކަކަށް ފެތެންވާނެކަން ފާހަގަކޮށް ގަވައިދުގައި ބުނެފައިވަނީ، އެއީ، B1, B2, BO ގިންތީގެ އުޅަނދުތަކަށް ވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، ބޭނުންކުރެވޭ ހާލަތުގައި ހުރި އަލިފާންނިވި އެއް ހަރު ކުރެވިފައި ހުރުމާއި އެކު، ބަހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ ކަމުން ސަލާމަތްވުމަށްޓަކައި ފިޔަވަޅުއެޅޭނެ ނިޒާމެއް، މިނިސްޓްރީ އޮފް ޑިފެންސްއިން ގަބޫލު ކުރާ ސްޓޭންޑާޑް އާއި އެއްގޮތަށް ގާއިމް ކުރެވިފައި ހުންނަން ވާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ބަހުގައި، އަވަސްފަރުވާގެ ހިދުމަތް ދިނުމަށް ބޭނުންވާ ފުރަތަމަ އެހީގެ ތަކެތި، ބޭނުން ކުރެވޭގޮތަށް ހުރުން ގަވައިދުގެ ދަށުން ލާޒިމް ވެގެން ވެއެވެ.

ގަވައިދުގައި ވާ ގޮތުން ބަހުގައި އުމުރުން ދޮށީ ފަރާތްތަކަށާއ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނަށް ފަސޭހަކަމާއެކު ބަހަށް އަރައި ފޭބުމުގެ އިންތިޒާމާއި ހުނަންވާނެކަން ފާހަގަކޮށް އުސޫލުގައި ވަކީ ވަކި ގޮނޑިތަކެއް އެ މީހުންނަށް ކަނޑައަޅާފައި ހުންނަން ޖެހޭނެ ކަމަށެވެ.

ބަހުގައި ހުންނަން ޖެހޭ ސަލާމަތީ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ އެތެރެ ފެންނަ ގޮތަށް ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުރުމެވެ. އެއީ ބަހުން ދަތުރު ކުރާ އާއްމުންގެ ރައްކައުތެރިކަމަށް އެޅޭ ފިޔަވަޅެއްކަމަށްވުމާއި އެކު ސެކިއުރިޓީ ކެމެރާއިން ރެކޯޑު ކުރެވޭ މަންޒަރުތައް އެތެރެ ފެންނަގޮތަށް ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ބަހުގެ ޚިހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ރައްކައުތެރިކަމަށް ޓަކައި، ސެކިއުރިޓީ ކެމެރާއިން ރެކޯޑުކުރެވޭ މަންޒަރުތަކުގެ 06 މަސް ދުވަހުގެ އާކައިވްއެއް ހުންނަން ޖެހޭނެ އެވެ.

ބަހުގެ ހިދުމަތް ދޭ މުވައްޒަފުންނާއި ގުޅޭގޮތުން ގަވައިދުގައި ކޮންމެހެން އަމަލު ކުރަން ޖެހޭނެ އުސޫލުތަކެއް ވެއެވެ. އޭގެ ތެރޭގައި އެއްފަހަރާ 12 ގަޑިއިރަށް ވުރެ ދިގު ނުވާނޭހެން ޑްރައިވަރުގެ ހުސް ވަގުތާއި އެކު އެ މީހުންގެ އެހީތެރިޔާގެ ގަޑިތަކާއި ތާވަލު ހުސް ވަގުތު ހިމެނޭހެން ކަނޑައަޅަން ޖެހޭނެ އެވެ. އަދި ޑިއުޓީ ގަޑީގައި ވެސް ޑްރައިވަރާއި އެހީތެރިޔާއަށް ބަހުގެ ހިދުމަތް ދެވޭނީ މެދުނުކެނޑި ތިން ގަޑިއިރެވެ. އަދި ކޮންމެ
ތިން ގަޑިއިރަކުން 1 ގަޑިއިރުގެ ބްރޭކެއް ދޭން ވާނެކަމަށް ގަވައިދު ބުނެ އެވެ.

ގެޒެޓު ކުރި ގަވައިދުގައި ސްކޫލު ކުދިންނަށް ހާއްސަކޮށް ބަސް ދުއްވުމުގެ ވަކި އުސޫލެއް އެކުލަވާލެވިދާނެކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި އަމަލު ކުރަން ޖެހޭނެ ގޮތްތައް ވެސް ގަވައިދުގައި ހިމަނާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: