ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރޭގައިވެސް ހިލޭ ބަސް ދަތުރުކުރެވޭ ގޮތަށް އެމްޓީސީސީން ހަމަޖައްސާއިފި

އަތޮޅުތެރޭގައި ހިލޭ ބަސް ދަތުރުކުރެވޭ ގޮތަށް އެމްޓީސީސީއިން ހަމަޖައްސާފި / އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާރ މާލެ ސަރަހައްދެކޭ އެއްފަދައިން އަތޮޅުތެރޭގައިވެސް ހިލޭ ބަސް ދަތުރުކުރެވޭ ގޮތަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހަމަޖައްސައިފިއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަތޮޅުތެރޭގައި ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޙާއްސަ އެހީއަށް ބޭނުންވަ ފަރާތްތަކަށް އެމްޓީސީސީގެ އާންމު ދަތުރުގެ ނިޒާމުގައި ހިލޭ ދަތުރުކުރެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެމްޓީސީސީއިން ފޯރުކޮށްދޭ އާންމު ފެރީގެ ޚިދުމަތުގައި މީގެކުރިން ވެސް މިފަރާތްތަކަށް ހިލޭ ދަތުރުކުރެވެއެވެ.

މިވަގުތު އަތޮޅުތެރޭގައި ބަހުގެ ޚިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދެވޭ ބަހުގެ ޚިދުމަތެކެވެ. ނަމަވެސް އައްޑޫ އާއި ފުވައްމުލައް އަދި ލ އަތޮޅުގެ ރަށްތަކުގެ ތެރެއިން ގަން، ފޮނަދޫ، އިސްދޫ އަދި ކަލައިދޫގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް އެމްޓީސީސީއިން ދަނީ މިހާރު ކުރަމުންނެވެ. އެހެންކަމުން އައު ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ އަތޮޅުގެ ރަށްރަށުގައި ވެސް ބަހުގެ ޚިދުމަތް މިފަރާތްތަކަށް ހިލޭ ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: