ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު އެކުލަވާލައިފި

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު އެކުލަވާލައިފިއެވެ.

މި ސިޔާސަތަކީ ހުރިހާ ދަރިވަރުންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށްޓަކައި ޕްރީސްކޫލުތަކާއި، ފަށާ ތަޢުލީމު ދޭ ސްކޫލުތަކާއި، ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ދޭ ސްކޫލުތަކުގައި އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައިދަރިވަރުންނަށް އުނގެނުމުގެ ޢަދުލުވެރި އަދި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެ ދަރިވަރުންގެ ގާބިލުކަން ކުރިއަރުވައި ތަރައްގީ ކުރުމަށް، ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވައިލައިފައިވާ ސިޔާސަތެކެވެ.

ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު މާނަކުރަނީ، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ހުރިހާ ގިންތިއެއްގެ އެންމެހައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި އެ ދަރިވަރެއްގެ ޤާބިލުކަން ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި މެއިންސްޓްރީމް ނިޒާމުގެ ތެރެއިން ނުވަތަ އިތުރު ލަރނިންގ ޕާތުވޭ އެއް މެދުވެރިކޮށް ހިންގާ އެންމެހައި ޙަރަކާތްތައް ތަންފީޛުކުރުމަށް އެކަށައަޅައިފައިވާ މިންގަނޑުތަކާއި، އުސޫލުތަކާއި، ވަސީލަތްތަކާއި، ޒިންމާތަކާއި އަދި މަސްއޫލިއްޔަތުތަކުގެ ގޮތުގައެވެ.

މިސިޔާސަތު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ސްޓުޑެންޓް ވިތް ކޮމްޕްލެކްސް ލަރނިން ޕްރޮފައިލްސްގެ ގޮތުގައި ބަޔާންކޮށްފައިވާ ހާލަތްތަކަށް ފެތޭ ދަރިވަރުންނަށެވެ. މިކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންކަމަށް ސިޔާސަތުގައި ވަނީ ބަޔާންކޮށްފައެވެ. މިޕްރޮފައިލްގެ ދަރިވަރުން ވަނީ ތިން ކެޓަގަރީއަކަށް ބަހާލާފައެވެ. އެތިން ކެޓަގަރީއަކީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން، އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުން އަދި ޚާއްސަ ހާލަތްތައް ދިމާވާ ދަރިވަރުންނެވެ. މި ތިން ކެޓަގަރީއަށް ނިސްބަތްވާނެ ދަރިވަރުންވެސް ސިޔާސަތުގައި ވަނީ ބަޔާންކޮށްފައެވެ.

މިސިޔާސަތު އެކުލަވާލާފައިވާއިރު، އަމަލުކުރަންޖެހޭ ބައެއް އަސާސްތައްވެސް ވަނީ ބަޔާންކޮށްފައެވެ. ހިފަހައްޓަންޖެހޭ އަސާސްތަކުގެތެރޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ފަރުދީ ތަފާތުތަކަށް އިހްތިރާމްކުރުމާއެކު އަގުކުރާ މާހައުލެއް އުފެއްދުން، ޒިންމާދާރު ވެރިން އުފެއްދުން، ޝާމިލްކުރުމުގައި މުޅި ސްކޫލް ބައިވެރިކުރުވުން، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން، ގުޅިގެން މަސަައްކަތްކުރުމުގެ ނިޒާމް ގާއިމްކުރުން، ހުނަރުވެރި ގާބިލް ޓީޗަރުންނާއި ފަންނީ މީހުން ބިނާކުރުން، އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރުން، ކާމިޔާބްކަމާއެކު އެއް މަރުހަލާއިން އަނެއް މަރުހަލާއިން ވާސިލްވުން އަދި ގާތުން ބެލުމާއި ވަޒަންކުރުމާއި ޒިންމާދާރުކުރުވުން ހިމެނެއެވެ.

މި ސިޔާސަތުގައި ދަރިވަރުން ގިންތިކޮށްފައިވަނީ، ދަރިވަރުންގެ ފަރުދީ ތަފާތުތަކަށްރިޢާޔަތްކޮށް، ކިޔަވައިދިނުމަށް ބޭނުންވާނެ ވަސީލަތްތަކާއި އާލާތްތައް ހޯދައިދިނުމަށާއި، އަދި އުނގަންނައިދިނުމަށް ކޮންމެހެން ގެންނަންޖެހޭ ތަފާތު ބަދަލުތަކަށް ސްކޫލުތަކާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތައް އަހުލުވެރި ކުރުމަށެވެ. އެހެންކަމުން، ދަރިވަރުންގެ އިންސާނީ ކަރާމާތް ދަރިވަރުންގެ އަސްލު ނަން ނުވަތަ މި ސިޔާސަތުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓުޑެންޓް ވިތް ކޮމްޕްލެކްސް ލަރނިން ޕްރޮފައިލް ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް ސިޔާސަތުގައި ވަނީ ބަޔާންކޮށްފައެވެ.

ދަރިވަރުން ޝާމިލްކުރުމަށް ސިޔާސަތުގައި ބަޔާންކޮށްފައިވާ 4 ޕްރޮގްރާމްގެ ތެރެއިން ހަތަރު ޕްރޮގްރާމަކުން ފުރުސަތު ހޯދައިދޭންވާނެކަމަށްވެސް ސިޔާސަތުގައިވެއެވެ. އެހަތަރު ގޮތަކީ ހޯމް ބޭސްޑް ލަރނިން، ސްކޫލް ރެޑިނެސް، އަރލީ އިންޓަރވެންޝަން އަދި މެއިންސްޓްރީމް އެޑިޔުކޭޝަނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: