ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަންގެތިއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް: ނާޒިމް

ދަގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއިސުލްޖުމހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އދ. ދަނގެތި ތަރައްގީކޮށް ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓާއި ބެހޭގޮތުން މަޖިލިސް ތަޅުމުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލި ނަމަވެސް، ދަނގެތި ދާއިރާއަށް މި ބަޖެޓުން ކުރާ ފައިދާއެއް ނެތްކަމަށެވެ.

އެގޮތުން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދަނގެތި ދާއިރާގައި ހިމެނޭ 5 ރަށަށް ގެނެވުނު ތަރައްގީއެއް ނެތްކަމަށާއިތަރައްގީ ގެނައުމުގައި ރަށްތަކުގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. 2022 ވަނަ އަހަަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ވެސް އެދާއިރާއަށް ކުރިއެރުން ގެނައުމަށް އިންތިޒާމެއް ހަމަ ޖެހިފައި ނުވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މެމްބަރު ނާޒިމް ވަނީ އެމަނިކުފާނުގެ ދާއިރާގައި ހިމެނޭ ރަށެއްކަމަށްވާ ދިގުރަށަކީ ރިސޯޓަކަށް އަމްދަނީ ލިބޭ ވަރަށް ވުރެ ގިނައިން އަމަދަނީ ލިބޭ ރަށެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އިގްތިސޯދީ މަންފާ ލިބޭ މިރަށުގައި ނަރުދާމާ ނިޒާމު ނެތްކަމަށާއި މިނިޒާމު ގާއިމުކުރުމަށް އިންތިޒާމެއް ރޭވިފައި ނުވާ ކަމަށް ނާޒިމު ވިދާޅުވިއެވެ.

ހަމައެއާއިއެކު ރަށުގެ ބަނދަރު ބޮޑު ކުރުމަށްޓަކައި އެކި ފޯރަމް ތަކުގައި ވާހަކަދެއްކި ނަމަވެސް މިކަން ކާމިޔާބު ކުރެވޭނެ މަގު ފަހި ވެފައި ނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޝްވަރާކުރި ނަމަވެސް ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ މި މަސައްކަތް ފުރިހަމަ ކުރަންޖެހޭ ގޮތަށް ފުރިހަމަ ނުކުރެވޭނެ އަދަދެއް ކަމާއި މެދު ނާޒިމް ކަންބޮޑުވުން ފާޅުކުރިއެވެ. ރަށަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ރާއްގިރުމުގެ މައްސަލައަށް ހައްލުކުރުމަށް ބަޖެޓުގައި ހިމަނާފައިނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ދާއިރާގެ ތެރެއިން އިތުރު ރަށެއް ކަމަށްވާ އުމަދޫއަށް ވެސް ތަރައްގީގެ އެއްވެސް މަސައްކަތެއް ހިންގާފައިނުވާ ކަމަށް ބުނަމުން ނާޒިމް ވަނީ އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދިނުމަށް ގޮވާލާފައެވެ.

ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ބަޖެޓުގައި އެކުލަވާފައިވީ ނަމަވެސް އެއަދަދުން މަސައްކަތް އެކަށީގެންވާ ގޮތަށް ނުކުރެވޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އުމަދުއަކީ މަސްވެރިންގެ ރަށެއް ކަަމަށްވެފައި، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަނދަރުގެ މައްސލަަ ވީނަަވެސް، މައްސަލައަށް ހައްލު ގެނައުމަށް އަމަލީ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މެމްބަރު މުހައްމަދު ނާޒިމް ވަނީ ދަނގެތި ދާއިރާއަށް ތަރައްގީ ނުގެނެވެނީ ސަރުކާރުގެ އިހުމާލުން ކަމަށްވުމާއި އެކު، ބަޖެޓުގައި ރަށުގެ ކުރިމަގު އުޖާލާވާ ފަދަ މަސައްކަތް ކުރުމަށް އިންތިޒާމު އެކުލެވުމަށް ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: