ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިޕީ ލޯންޖްގެ އެންމެ ބޮޑު ހަރަދެއް ހިނގީ މެމްބަރު ނާޒިމްއަށް!

މެމްބަރު ނާޒިމް މަޖިލީހުގައި ގަރާރު އިއްވަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރެއިން ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭ ވެލާނާ އިންޓަރނޭޝަނަލްގެ ވީއައިޕީ ލޯންޖްގެ ހިދުމަތް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްކަން ހާމަވެއްޖެއެވެ.

މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އައިމަން ލަތީފެވެ. އޭނާ ޓްވިޓާގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ވާ ގޮތުން އެމަޢުލޫމާތު އޭނާ އާ ހިއްސާ ކުރީ އެކަމަށް އެދި ހުށައެޅުމުން ރައްޔިތުންގެ މަޖިލީޙުގެ އިދާރާއިން ނެވެ.

އެ މަޢުލޫމާތުގައިވާ ގޮތުން ފާއިތުވެ ދިޔަ ތިން އަހަރު ތެރޭ މެމްބަރުންގެ އާއިލާއި އާއި އެކުވެރިން ހިމެނޭގޮތަށް ވީއައިޕީ ލައުންޖުގެ ހަރަދުތަކަށް ދައުލަތުން 1.6 މިލިއަން ރުފިޔާ (104،400 ޑޮލަރު) ވަނީ ހަރަދުކޮށްފައެވެ. މިއީ މެމްބަރުންގެ އަސާސީ މުސާރައާއި އިނާޔަތް ތަކާއި އެކު ޖުމްލަ 82،500 ރުފިޔާގެ އިތުރުން ލިބޭ އިނާޔަތެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތިން މެމްބަރުންގެ އާއިލާ އާއި ރައްޓެހިން ވީއައިޕީ ލޯންޖް ބޭނުން ކުރުމުގެ އިޚްތިޔާރު ލިބިގެންދާއިރު އެ ހުރިހާ އެންމެންގެ ހަރަދުތައް ބަލަހައްޓާނީ މަޖިލިސްގެ އިދާރާއިންނެވެ. މާނަ އަކީ އެހުރިހާ އެންމެނަށް ބިލް ކުރެވި އެފައިސާ ދައްކާނީ ދައުލަތުންނެވެ. އެގޮތުން މިހާތަނަށް ފާއިތުވެ ދިޔަ ތިން އަހަރު ދުވަސް ތެރޭގައި:

މެމްބަރުންގެ އަމިއްލަ: 804 ފަހަރު

މެމްބަރުންގެ އާއިލާ އާއި ރައްޓެހިން ހިމަނައިގެން:   441 ފަހަރު

މަޖިލިސް މެމްބަރުންގެ އަނބިން / ފިރިން / ދަރިން :  495 ފަހަރު

ޖުމްލަ : 1740 ފަހަރު

ވީ އައިޕީ ލޯންޖް ބޭނުން ކޮށްފައިވެއެވެ،

ވީއައިޕީ ލޯންޖު ބޭނުން ކުރާ ކޮންމެ ފަހަރަކަށް ބޮލަކަށް 60 ޑޮލަރު ނުވަތަ 925 ރުފިޔާ ހަރަދުވާ ކަމަށް ވެސް މަޖިލީހުން އައިމަން އާއި ހިއްސާކުރި ހަރަދުތަކުގެ ތަފްސީލީ ރިޕޯޓްގައި ވެއެވެ.

އަދި މެމްބަރުންގެ ތެރެއިން ވަކި ވަކިން ވީއައިޕީ ލޯންޖު  އެންމެ ގިނައިން ބޭނުން ކުރެއްވި ގޮތުގެ ޚަަރަދުގެ ތަފްޞީލަށް ބަލައިލާ އިރު:

  1. ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް.

މެމްބަރުގެ އަމިއްލަ: 38 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

އާއިލާ އާއި ރައްޓެހިން: 30  ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

އަނބިދަރިން: 44 ފަހަރު ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

ވީއައިޕީއަށް ހަރަދު ކުރި ޖުމްލަ:  103،622ރ   6720 ޑޮލަރު

 

  1. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޤައްސާން މައުމޫން އަބްދުލް ޤައްޔޫމް.

މެމްބަރުގެ އަމިއްލަ : 32 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

އާއިލާ އާއި ރައްޓެހިން: 41  ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

އަނބިދަރިން: 22 ފަހަރު ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

ވީއައިޕީއަށް ހަރަދު ކުރި ޖުމްލަ:  87،894ރ  5700 ޑޮލަރު

 

  1. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

މެމްބަރުގެ އަމިއްލަ  43 ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

އާއިލާ އާއި ރައްޓެހިން: 46  ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

އަނބިދަރިން: 04 ފަހަރު ފަހަރު ވީއައިޕީ ލޯންޖް ބޭނުންކޮށްފައިވޭ

ވީއައިޕީއަށް ހަރަދު ކުރި ޖުމްލަ:  86،043ރ  5580 ޑޮލަރު

އަދި މީގެ އިތުރުން މަޖިލިސް މެމްބަރުންގެ ތެރޭގައި ވީއައިޕީގެ ހިދުމަތް  ވޭތުވެދިޔަ ތިން އަހަރުތެރޭ އެއްވެސް  ގޮތަކަށް ބޭނުންކޮށްފައި ނުވާ މެމްބަރުންގެ ތެރޭގައި ހިމެނެނީ:

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
  2. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު
  3. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
  4. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު
  5. މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  6. ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު
  7. ވިލުފުށި ދާއިރާގެ މެމްބަރު ހުސައިން އަފީފް
  8. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު

ވީއައިޕީ ލޯންޖު ބޭނުންކުރުމުގައި މަޖިލިސް މެމްބަރުންގެ އާއިލާ ބޭފުޅުންނާއި ރައްޓެހިން ހިމެނުމަށް މަޖިލިސް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައިވެއެވެ. އަދި އެކަމާއި ނުރުންވެ އާންމުންގެ ތެރެއިން ގިނަބަޔަކު އެކަމަށް ފާޑުކިޔާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: