ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސިޔާސީ މައިދާނުގެ ކިންގް މޭކާއަކީ ގާސިމް: ސައުދު

ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވަމުންދާ ޕާޓިތަކުގެ ތެރެއިން ރައްޔިތުން އެދޭ ފަދަ ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ކަމަށް، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހްމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ ގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސައުދު ވިދާޅުވީ ކޮވިޑުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރެވުނު ކަމަށެވެ. ކޮވިޑު ކޮންޓްރޯލް ވުމާއި އެކު ޕާޓީގެ މެމްބަރުންގެ އެދުމުގެ މަތީން މަސައްކަތް ފެށުނުކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ، މިވަގުތު ކުރިޔަށް ދަނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ރާއްޖޭގެ ރައްތަކަށް ޖޭޕީގެ ޓީމުތައް ދަތުރުކޮށް ހިންގާ ހަރަކާތްތައް ކަމަށެވެ.

ސައުދު ވިދާޅުވީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ޕާޓީއަށް 15،000 ނުވަތަ 18،000 މެމްބަރުން ރެޖިސްޓްރީ ކުރުން ކަމަށެވެ.

ޖޭޕީއަށް އޮތް ތާއީދަށް ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ބޮޑު ބަދަލެއް އައިކަން ފާހަގަ ކުރައްވައި ސައުދު ވިދާޅުވީ، ސިޔާސީ މައިދާނުގައި ގާސިމަކީ މީހުން ބަލައިގަންނަ ލީޑަރެއް ކަމަށެވެ. ތަފާތު އެލި ލީޑަރުންތަކަށް ފުރުސަތުދީ، ޕާޓީތަކަށް ކުރެވިދާނެ މަސައްކަތް ވެސް ރައްޔިތުން ގާތުން ބަލާފައިވާކަމަށާއި މިހާރުން ދެން ބޭނުންވަނީ ގާސިމްގެ ވެރިކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރެއްގައި އޮތަސް ޖޭޕީން އަބަދުވެސް ގޯސްކަންތައް ފާހަގަކުރާކަމަށާއި، ޑިމޮކްރެޓިކް ޕާޓީއެއްގެ ސިފައަކީ އެއީކަމަށް ސައުދު ވިދާޅުވި އެވެ.

ޕާޓީގެ މަސައްކަތް ތަކުގެ ތެރެއިން ކުރެވޭ އެންމެ ތަފާތު މަސައްކަތަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، ހައްލުކުރުމަށް މަސައްކަތް ޕްލޭން ކުރުން ކަމަށް ސައުދު ވިދާޅުވިއެވެ. ޕާޓިގެ ތެރެއިން ޓީމެއް އެކުލަވާލައި ހީނަރުވެފައިވާ ދާއިރާތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ޕާޓީގެ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: