ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓާއި މެދު ސަރުކާރުން އަމަލުކުރަމުން ދަނީ ގާނޫނާއި ހިލާފަށް: އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ފުށުއަރާ ގޮތަށްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން އުޝާމް ވިދާޅުވީ، ބަޖެޓާއި މެދު އަމަލު ކުރަން ޖެހޭނެ އުސޫލު ގާނޫނުގެ 96 ވަނަ މައްދާގައި ބަޔާންކޮށްފައި ވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ އާއި ނުލައި ބަޖެޓުން ހަރަދުތައް އިތުރުކޮށްގެން ނުވާނެކަން ގާނޫޏުގައި ބުނެފައިވާކަމަށް އުޝާމް ވިދާޅުވި އެވެ.

ހަރުދަކާއި މެދު ސުވާލު އުފައްދައި އުޝާމް ވަނީ 2011 ވަނަ އަހަރަށް މަޖިލީހުން ކަނޑާއަޅާފައިވާ ބަޖެޓުގައި ކެޕިޓަލް ހަރަދަށް 11.79 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މި އަހަަރު ނިމޭ އިރު 8.20 ބިލިއަން ރުފިޔާ ހަރަދު ކުރެވިގެން ދާނެ ކަމަށް ބަޖެޓު ގައި އެކުލަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރިކަރެންޓް ހަރަދެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުގެ އިތުރަށް 3 ބިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ބުނެ ސަރުކާރުން ބަޖެޓު ފޮތަށް އިސްލާހު ތަކެއް ގެނެސްފައި ވާތީ އެކަމަށް އުޝާމް ފާޑުވިދާޅުވި އެވެ. އަދި އެއީ ގާނޫނު އަސާސީ އާއި ހިލާފު އަމަލެއްގެ ގޮތުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ހިނގަމުންދާ 2021 ވަނަ އަހަރުގެ ބަޖެޓު ސަޕްލިމެންޓު ކުރުމަށް މަޖިލީހަށް ހުށައަޅާފައި ނުވާ ކަމަށް ފާހަގަކޮށް އުޝާމް ވިދާޅުވީ، ރިވައިސް ކުރި ބަޖެޓު ފޮތުގައި ބަޖެޓު ސަޕްލިމެންޓް ކުރާނެ އެއްވެސް ގޮތެއް އެކުލަވާފައިނުވާ ކަމަށެވެ.

މަޖިލީސް ތަޅުމުގައި 2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓާއި މެދު މަޝްވަރާ ކުރަމުންދާ އިރު ހުށައަޅާފައިވާ ބަޖެޓާއި މެދު ގިނަ މެމްބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: