ލ.މާވަށު އިސްމެޖިސްޓްރޭޓަރު އަމިއްލަ ވިޔަފާރި ކުރައްވަމުންދާކަމަށް ބުނާ މައްސަލައެއް ތަހުގީގްކުރަން ފަށައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ބުނެފައިވަނީ ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިސްމާޢީލް މާހިރު ފަނޑިޔާރުންގެ ޤާނޫނާއި ޙިލާފަށް މަސްލަހަތު އޮތްކަން ހާމަނުކުރައްވައި އަމިއްލަ ވިޔަފާރި ކުރައްވަމުންދާކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ ”މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ“ އިން ނިންމާފައިވާކަމަށެވެ.
އަދި މިމައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށް ޖޭއެސްސީން ބަނީ ބުނެފައެވެ.
ފަނޑިޔާރުންނާއި، މެޖިސްޓްރޭޓުން ވިޔަފާރީގައި އުޅުމަކީ ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފް ކަމެކެވެ.

