ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފް އާއްމު ކުރި ޗެޓްލޮގަށް، ޝަމީމްގެ ކޮމެންޓެއް ނެތް!

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕީޖީ ހުސެއިން ޝަމީމް (ފޮޓޯ: ސަން)/ ޕިޖީ މަހުލޫފާއި ގުޅޭގޮތުން ވާހަކަ ދައްކަވާ ސްކްރީންޝޮޓެއް ވަނީ އާއްމުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާވިކަމުގެ ތުހުމަތުތުތައް ކުރެވޭ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ގުޅޭގޮތުން، މަހުލޫފްގެ ޕީއޭ އާއި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމާއި ދެމެދު ދެކެވުނު ވާހަކަތަކެއްކަމަށް ބުނާ ޗެޓުލޮގުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޝަމީމް އިންކާރުކޮށްފި އެވެ.

ކުރީގެ ނޫސްވެރިޔާ އަޒްމޫން އަހުމަދާއި ޝަމީމާއި ދެމެދު ދެކެވިފައިވާ ވާހާކަތަކެއްގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވަނީ ޒާތީ ދައުވާތަކެއް ކަމަށާއި، މައްސަލަ ކޯޓަށް ފޮނުވިނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އެ މެސެޖުތަކުގައި ޝަމީމް ވިދާޅުވަނީ، މިއީ މަހުލޫފް ”ބޭކާރު ގޮތުގައި މާ ބޮޑަށް ފުއްޕީމަ ވާ ގޮތް“ ކަމަށެވެ.

މި މެސެޖުތަކާއި ގުޅޭގޮތުން ކޮމެންޓަކަށް އެދުމުން ޝަމީމް ވިދާޅުވީ، މައްސަލައިގައި ދައްކަން ބޭނުންވާ ވާހަކައެއް ނެތް ކަމަށާއި، ދައްކާނެ ވާހަކައެއް ވިއްޔާ ދައްކަވާނީ ކޯޓުގައި ކަމަށެވެ.

ޓްވީޓެއް ކުރައްވައި އަޒްމޫނު ވެސް ވިދާޅުވީ އެއީ ޝަމީމާއި އޭނާ ދެމެދު ދެކެވުނު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ މޭރުމަކުން ޝަމީމް ވާހަކަ ދެއްކި ނަމަވެސް، އުންމީދު ކުރީ ގޮތް ނިންމާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ފޮތުގައި އޮންނަ އުސޫލަށް ކަމަށެވެ. ނަމަވެސް ކަން ހިނގީ އެގޮތަކަށް ނޫންކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން މަހުލޫފް ވަނީ މި މައްސަލައިގައި ދައުވާ ކުރުމަށް ނިންމައިފި ނަމަ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ޒާތީވެ މައްސަލަ ސިޔާސީކޮށްފައިވާކަމަށް ބުނެ މަހުލޫފް އޭގެ ފަހުން އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވި އެވެ. މަހުލޫފް ވިދާޅުވީ މަގާމުން ވަކި ކުރަން ދެން އިސްތިއުފާއެއް ނުދެއްވާނެ ކަމަށެވެ.

މަހުލޫފްގެ މައްސަލަ ކޯޓަށް ފޮނުވުމުން، އޭނާ މަގާމުގައި ބެހެއްޓުމާއި މެދު ސަރުކާރު ވަކި އެއްޗެއް ހާމަކޮށްފައި ނުވެ އެވެ. ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނި މަހުލޫފް ދެ ފަހަރެއްގެ މަތީން ސަސްޕެންޑު ކުރި އެވެ. ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމި ދިގުލައިގެން ދާތީ ރައީސް އޮފީހުން މަހުލޫފްގެ ސަސްޕެންޝަން އުވާލީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށްދާއިރު އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގުގެ ލިސްޓުގެ ތެރޭގައި މަހުލޫފްގެ ނަން ހިމެނެ އެވެ. އެ ލިސްޓުގައި ވާ ގޮތުން މަހުލޫފްއަށް ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެންގެވި އެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގައި ދެމިހުރުމަށް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އޭނާއަށް ދިން ފައިސާކަމަށް އޭސީސީން ބުނެ އެވެ. އަދި އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށްފަހު މަހުލޫފް މާލެ އައިސްފައިވަނީ ސީދާ ވޯޓަށްކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ އެ މުއާމަލާތް ކުރުމުގައި މަހުލޫފާއި އަދީބާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތައް ތަހުގީގަށް ހޯދާފައިވާކަމަށެވެ. އެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވީ މި މަހުގެ 09 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: