ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި އެއް ގެއިން އަނެއް ގެއަށް ދިއުން މަނާކޮށްފި

އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އަންގައިފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަން ނިންމާފައިވާ އާ ފިޔަވަޅުތައް ހާމަކޮށްފަ އެވެ.

އެގޮތުން މިއަދުން ފެށިގެން އަޅަން ނިންމާފައިވާ އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އާންމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމާއި ސްކޫލު ކިޔެވުން ފިޔަވައި އެހެން ހުރިހާ ހަރަކާތެއް ހުއްޓާލުން އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމެވެ.

ނިޒާރު ވިދާޅުވީ އެ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް ކާފިއުގެ ވަގުތަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

އަލަށް އެޅި ފިޔަވަޅުތަކުން ދެ ހަފުތާ ތެރޭގައި ކޮވިޑު ކޭސްތައް ދަށް ނުވާނަމަ އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: